މިހާތަނަށް މަލޭގައި ކަރަންންޓް އެންމެ ގިނައިން ބޭނުންކުރީ މިމަހުގެ 11 ވަނަ ދުވަހުގައި ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭގައި މިހާތަނަށް އެންމެ ގިނައިން އެއް ދުވަހެއްގައި ކަރަންޓް ބޭނުންކުރީ މިމަހުގެ 11 ވަނަ ދުވަހުގައި ކަމަށާއި ކުރިއަށް އޮތް 2 ހަފްތާގައި މިއަދަދު އިތުރުވުމުގެ ފުރުޞަތު ބޮޑު ކަމަށެވެ. މި ޓްވީޓްގައި ޝަރީފް ވަނީ ކަރަންޓް އިޤްތިސާދު ކުރުމަށް އިލްތުމާސް ކުރައްވާފައެވެ.
April 11 vana dhuvahakee mihaathah emme ginain karrant male area ga beynun kuri dhuvas 92,5MW ah vure mahchah dhiya, kuriah oi 2 hafthaaga adhi ves ithuru vumuge furusath bodu, @STELCOMALDIVES ga 120MW ufendhumuge gabilu kan huri namaves karrent igthisaadhu kurahvaa pic.twitter.com/J07CS7mqb2
— Ahmed Shareef (@ShareefRangondi) April 22, 2023
މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވުމުން، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށާއި، ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސް ކޮށްފައެވެ،.
ސްޓެލްކޯއިން ބުނީ ހާއްސަކޮށް ފިނި ކުރުމަށް ގެންގުޅޭ އޭސީ ފަދަ އާލާތްތަށް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވުމަށާއި، 25 ޑިގްރީއަށްވުރެ ދަށް ނުވާނެހެން ޓެމްޕަރޭޗަރ ބެހެއްޓުމަށާއި، އިލެކްޓްރޯނިކް އާލާތްތައް ގަންނަ އިރު އިންވާޓާރ އަށް އިސްކަންދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.
މިދުވަސްވަރު ރާއްޖޭގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗައް އަރާފާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މެޓް އޮފީހުން ކުރި ޓްވީޓެއްގައި ބުނީ މި ދުވަސްވަރު އެންމެ ބޮޑަށް ހޫނުވާނީ މެންދުރު 2 ޖަހާ އެހާއިރު ކަމަށް ވާތީ، އެ ވަގުތު ބޭރަށް ނުކުތުމުގައި ސަމާލުވާން ޖެހޭނެކަމަށެވެ.
އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި އިހުސާސް ކުރެވޭ ހޫނުމިން ހުރި މިންވަރަކީ :