logo minivan

English

ހޮނިހިރު, 21 ސެޕްޓެމްބަރ 2024
ކުއްލި ޚަބަރު

ކޮޅުފުށީގައި 1 އަހަރުގެ ފިރިހެން ކުއްޖަކު ގެނބިގެން މަރުވެއްޖެ

މ. ކޮޅުފުށީގައި އެއް އަހަރުގެ ފިރިހެން ކުއްޖަކު ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެރަށު ސިއްހީ މަރުކަަޒަށް ގެންދިޔަ އެއް އަހަރުގެ ފިރިހެން ކުއްޖަކު މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ މައްސަލައެއް މިއަދު 11:38 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަަމަށެވެ.

އުމުރުން 2 އަހަރު ނުފުރޭ ތުއްތު ފިރިހެން ކުއްޖާއަކީ ގެއްލިގެން ހޯދަމުންދަނިކޮށް މޫދުން ފެނިގެން ސިއްހީ މަރުކަޒަށް ގެންދިޔަ ކުއްޖެއް ކަަމަށް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ މަރުވީ އުމުރުފުރައިގެ އެހެން ކުއްޖަކާއި އެއްކޮށް އަތިރިމައްޗަށް އެކަނި ގޮސް ހުއްޓައެވެ. އެއީ ދެބައިންގެ ދެ ދަރިންނެވެ. ދެކުދިން ގެއްލިގެން ހޯދަމުން ދަނިކޮށް އެކުދިންގެ ކާފައަށް ކުދިން ފެނުނުއިރު އެއް އަހަރުގެ ކުއްޖާ އޮތީ ގެނބިފައެވެ. އަނެއް ކުއްޖާ ވެސް ހުރީ މޫދު ކައިރީ ތެމިފައެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާކަމަށެވެ.

ފަހަކަށް އައިސް ތުއްތު ކުދިން ގެނބިގެން މަރުވާ މައްސަލަ ގިނައެވެ. މިދިޔަ މަހު އައްޑޫގައި ކުއްޖަކު ގެނބިގެން މަރުވެފައިވާއިރު، ރިސޯޓެއްގެ ޕޫލަކަށް ގެނބިގެން ވެސް ވަނީ ތުއްތު ކުއްޖަކު މަރުވެފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *