logo minivan

English

ބުރާސްފަތި, 19 ސެޕްޓެމްބަރ 2024

ހުތުބާ ގައި ބަޔާން ކޮށްފައިވާ ބައެއް ވާހަކަ ތަކަކީ ސައްހަ ވާހަކަތަކެއް ނޫން: ޑރ. ޝަހީމް

މިއަދުގެ ހުކުރު ހުތުބާގައި ގެނެސްފައިވާ އެއްބައި ވާހަކަ ތަކަކީ ސައްހަ ވާހަކަތަކެއް ނޫން ކަމުގައި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިފަދައިން ވިދާޅުވީ މިއަދުގެ ހުކުރު ހުތުބާގައި "އާޝޫރާ ދުވަހުގެ މާތްކަން" މި މައުލޫގައި ސައްހަ ނޫން ހަދީސެއް ހިމަނާފައިވާތީ އެކަަމާ ކަންބޮޑުވުން ފާޅު ކުރައްވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓް އެއްގައެވެ.

ޕޯޓްގައި ޝަހީމް ވިދާޅުވީ، އާޝޫރާ ދުވަހާ ގުޅިގެން ސާބިތުވަނީ އެއީ މޫސާގެފާނު ފިރުއައުނު ކިބައިން ސަލާމަތްވި ދުވަސްކަމުގަ ކަމަށާއި، އެނޫން ނަބީބޭކަަލުންނާ އެދުވަހާ ގުޅުވައިގެން ބައެއް ފޮތްތަކުގައި އައިސްފައިވާ ކަމަށް ހުތުބާގައި ބަޔާންކޮށްފައިވާ ވާހަކަ ތަކަކީ ސްއްހަ ވާހަކަ ތަކެއްނޫން ކަމަށެވެ.

މީގެ އިތުރުން ވެސް ބައެއް އިލްމުވެރީން މިކަމަށް ކަންބޮޑުވުން ފާޅު ކުރައްވައިފައިވެއެވެ. އެގޮތުން ކުރީގެ އުއްތަމަފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވެސް ވަނީ ހުތުބާ ލިޔުއްވީ ކޮން ބޭފުޅެއްތޯ އައްސަވައި ސުވާލުކުރައްވައިފައެވެ.

އަދި ޝެއިޚް ޒަމްޒަމް ފާރިސް ވަނީ ހުތުބާގައި އެކަންކަން ރަނގަޅު ކުރަން ބޭނުން ނަމަ ހުތުބާ ލިޔާ މީހާ އަކީ ކޮބައިކަން ހާމަ ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. މިިވަރަށް ކަންތައްތައް އޮޅޭސަރުކާރެއްނު މާދަމާބުނެފާނެ އެއީޚުތުބާ ކީމީހުންގެ ދުލަށްއެރި އޮޅުމެކޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *