logo minivan

English

އަންގާރަ, 30 އޭޕްރިލް 2024
ހިޔަލަ މާކެޓް

ހިޔަލަ ވީކެންޑް މަރކެޓް – އިތުރު ވިޔަފާރިތަކަކަށް ފުރުޞަތުދީ، ހަފްތާއަކު 3 ދުވަހު ބާއްވަނީ

"ހިޔަލަ ވީކެންޑް މަރކެޓް"ގައި ކޮންމެ ހަފްތާއަކު ފުރުޞަތުދޭ ވިޔަފާރިތަކުގެ އަދަދު އިތުރުކޮށް، ހަފްތާއަކު ތިން ދުވަހު މި މަރކެޓް ބޭއްވުމަށް ބީސީސީން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ އިސްނެންގުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މި މަރކެޓް، މިހާތަނަށް ބާއްވަމުން އައީ ކޮންމެ ހަފްތާ ބަންދެއްގައި، ހުކުރު އަދި ހޮނިހިރު ދުވަހުއެވެ.

ނަމަވެސް ލިބެމުންދާ ތަރުހީބަށް ބަލައި ވީހާވެސް ގިނަ ވިޔަފާރިތަކަކަށް ފުރުޞަތު ފަހިކުރުމުގެ ގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން މިހާރު ނިންމާފައިވަނީ މި މަރކެޓްގައި ތަކެތި ވިއްކައި މަރކެޓް ކުރުމުގެ ފުރުޞަތުދޭ ވިޔަފާރިތަކުގެ އަދަދު އިތުރުކޮށް ކޮންމެ ހަފްތާއަކު ތިން ދުވަހު ބޭއްވުމަށެވެ.

މި ނިންމުމާއެކު މި މަރކެޓް މީގެފަހުން ކުރިއަށްދާނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު މި ތިން ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 ޖެހުމާ ހަމައަށްކަމަށް ބީސީސީން ބުނެއެވެ.

ހިޔަލަ މާކެޓްގެ ތެރެއިން…

އަންހެން ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން ބާއްވާ މި ވީކެންޑް މަރކެޓް ކުރިއަށްދަނީ ހުޅުމާލޭ، ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ކޮންޓެއިނަރ ޕާކު ސަރަޙައްދުގައެވެ. "ހިޔަލަ ވީކެންޑް މަރކެޓް"ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވެއިޓް ލިސްޓް ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ކޮންމެ ހަފްތާއަކުވެސް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ވެއިޓްލިސްޓް ކުރާ ތަރުތީބުންނެވެ.

މި މަރކެޓުގައި ކާބޯތަކެއްޗާއި އެކިކަހަލަ ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުޞަތު ދިވެހި އަންހެން ވިޔަފާރިވެރިންނަށް ލިބިގެންދާނެއެވެ. އެގޮތުން މި ހަފްތާއިން ފެށިގެން ކޮންމެ ހަފްތާއަކުވެސް 18އަށްވުރެ ގިނަ އަންހެން ވިޔަފާރިވެރިންނަށް މި މަރކެޓުގައި ތަކެތި ވިއްކައި މަރކެޓް ކުރުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *