logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

މަަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެނަމަ ފްލެޓައާއި ގޯތި ހަވާލުކޮށްދޭނަން: ކުރީގެ ރައީސް ސޯލިހު

އަންނަމަހު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި އެމްޑީޕީ އަށް މެޖޯރިޓީ ލިބިއްޖެނަމަ މިސަރުކާރުން ހިފަހައްޓާފަ އޮތް ގޯއްޗާއި ފްލެޓު ވަކި މުއްދަތެއްގެ ތެރޭގައި ހަވާލު ކުރާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ރޭ އޮތް މަޖިލިސް ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުުވީ އެމަނިކުފާނުގެ ސަރުކާރުން ދިން ގޯތިތަކާއި ފްލެޓްތަކުގެ މަސައްކަތް މިސަރުކާރުން ހުއްޓާލާފައިވާކަމަށާއި، އެ ގޯތިތަކާއި އެ ފްލެޓުތައް ހަވާލު ނުކުރެވެންވީ އެއްވެސް ސަބަބެއް އޮވެގެން ނުވާނެކަމަށެވެ. އަދި އެ ގޯތިތަކާއި ފްލެޓު ހިފެހެއްޓުމަކީ ގާނޫނީ ގޮތުން ކުރާ ކުށެއް ކަމަށް ވެސް ސޯލިހު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވެރިކަމުގެ ފަހުކޮޅުގައި ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އިންސާފުވެރި ކަމާއެކީގައި، މާލޭން ގޯތި ލިބޭނެ ފަރާތްތަކާއި ފްލެޓު ލިބޭނެ ފަރާތްތައް ކަނޑައަޅައި ނިންމިން. ގުޅީފަޅާއި ގިރާވަރު ފަޅުންނާއި ހުޅުމާލޭ ފޭސް ތިނަކުން ގޯތި ދިނުމުގައި އެ ނިންމުން ނިންމަށް ވެސް ވަރަށް އުނދަގޫވި…. އަޅުގަނޑުމެން ނިންމީ ފުރަތަމަ ކަމަކަށް މާލޭގެ ރައްޔިތުންނަށޭ މިކަން ކޮށްދޭން ޖެހެނީ. އެއަށް ފަހުގައި މާލޭގައި ދިރިއުޅޭ ގިނަ ދުވަސްވީ ރަށްވެހިންނަށް ވެސް ގޯތި ލިބޭނެ ގޮތް ވެސް ހަދައި ދިނިން. މިއަދު އެ ހުރިހާ ކަމެއް އެ ވަނީ ގާތްގަނޑަށް ހުއްޓާލާފައި." ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ސަރުކާރުން ގޯއްވޗާއި ފްލެޓް ދޭން ކަނޑައަޅާފައިވާ ލިސްޓާ އެއްގޮތަށް ގޯއްޗާއި ފްލެޓު ދިނުމަށްޓަކައި ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުން މުހިއްމުކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ، …ވަކި މުއްދަތެއްގެ ތެރޭގައި އެކަން ހައްލު ކޮށްދީ ގޯއްޗާއި ފްލެޓު ހަވާލުކޮށްދޭނަން" ސޯލިހު ވިދާޅުވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *