logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު. ފޮޓޯ:އެސްޓީއޯ

އެސްޓީއޯގެ އެމްޑީކަމުން އަމްރު ވަކިކުރަން އަންގައިފި

ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ލިމިޓެޑް (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން ހުސައިން އަމްރު ވަކިކުރަން ރައީސް އޮފީހުން މިއަދު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑް (ޕީސީބީ) އަށް އަންގައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު "މިނިވަން" އަށް ވިދާޅުވީ ކުންފުނިތަކުގެ ހިންގުމަށް ސަރުކާރުން އަބަދު ވެސް ބަދަލުތައް ގެންނަން ކަމަށާއި އަމްރު ވަކިކުރުމަކީ ވެސް އެފަދަ ބަދަލެއް ކަމަށެވެ.

"ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމަށް އަބަދުވެސް ބަދަލުތައް ގެނޭ. އެގޮތުން ގެންނަ ބަދަލެއް،" އޭނާ ވިދާޅުވި އެވެ.

އެސްޓީއޯގެ އެމްޑީކަމުންނާއި އެ ކުންފުނީގެ ބޯޑުގެ މެމްބަރު ކަމުން އަމްރު ވަކިކުރަން ނިންމާފައި ވާއިރު، އޭނާ ގެންދަވަނީ އެމްޑީޕީގައި އޮންނަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅު، "ފިކުރެއްގެ ދިރުން" ފެކްޝަންގައި ވަރަށް އިސް ދައުރެއް އަދާކުރައްވަމުންނެވެ. އެ ފެކްޝަނުގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދުގެ މަންދޫބެއްގެ ގޮތުގައި އޭނާ ވަނީ ދާދި ފަހުން ޖުމްހޫރީ ޕާޓީގެ ލީޑަޝިޕާ ވެސް ބައްދަލުކުރައްވައިފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ކާންދޭ އަތް ނޭގުނީމާ ވާންވީ ތިހެން! ދެން ބަލާނަން ރިސޯޓްތަކަށް ގޮސް ހިނދުކޮޅު ގެނެވޭތޯ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ