އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ބައްޕަ މުހައްމަދު ގާސިމް އަވަހާރަވެއްޖެއެވެ.
ނ. ކުޑަފަރީ އަށް އުފަން ގާސިމް އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.
ގާސިމް ރޭ އަވަހާރަވިއިރު ޢުމުރުފުޅަކީ 81 އަހަރެވެ.
ގާސިމަކީ ނ. ކުޑަފަރީގެ ކަތީބުކަމާއި އެ ރަށު ސްކޫލުގެ ނާޒިރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.