21 ޖެނުއަރީ 2025

ހިންދޫންގެ ފާދިރީއަކު ރާއްޖެ އައިސް ރޫހާނީފަރުވާ ދެނީ

މުޙައްމަދު ޢާރިފް
9 ގަޑިއިރު ކުރިން

ރޫހާނީ ފަރުވާ ކޮށްދޭ ކަމަށްބުނެ ރާއްޖެ އައިސްއުޅޭ ހިންދޫ ފާދިރީ އަކު ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަން ފަށައިފި އެވެ.

މާސްޓާ ދުރްގާ ރާއޯ ގުރޫޖީ ކިޔާ ހިންދޫ ފާދިރީއަކު ފޭސްބްކުގައި ކުރަމުންދާ އިސްތިހާރުތަކުގައި ބުނެފައިވަނީ މީހާގެ އަތާއި މޫނު ބަލައިގެން އެމީހާއަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެ ހޮރަސްކޯޕް މެދުވެރިކޮށް ފަރުވާ ދެމުންގެންދާ ކަމަށެވެ. މިދިޔަ އަހަރުގެ ފަހުކޮޅުވެސް ހިންދޫ ފާދިރީއަކު މާލެ އައިސް، ރޫހާނީ ފަރުވާގެ ކްލާސްތައް ނަގައިދެމުންދާތީ ފުލުހުން ވަނީ އެމީހާ ހައްޔަރުކޮށް ޑީޕޯޓު ކޮށްލާފަ އެވެ.

މީސްމީޑިއާގައި އެ މީހާއާއި ބެހޭގޮތުން ބައެއް ފަރާތްތަކުން ބުނެފައިވަނީ އެ ފޭސްބްކް ޕޭޖުގައިވާ ނަމަބަރަށް ގުޅުމުން އެޕޮއިންޓްމަންޓް ހަމަޖެހޭ ކަމަށާއި އެޕޮއިންޓްމަންޓެއް ލިބެނީ 300 ރުފިޔާއަށް ކަމަށާއި، އަދި އެމީހާ އެކަންކުރަނީ ހުޅުމާލޭގައި ކަމަށާއި އޭނާ ހުންނަ ތަނުގައި ހިންދޫ ދީނުގެ މީހުން އަޅުކަން ކުރާ ޒާތުގެ ބޮޑު ބުދެއް ބަހައްޓާފައި ހުރި އިރު، ވަށައިގެން އަތުރާފައި ހުންނަނީ ވެސް ހުސް އެ ޒާތުގެ ތަކެތި ކަމަށެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙