21 ޖެނުއަރީ 2025

ރައީސް ރަސްގެތީމުގައި، ދެން އޮތް މަންޒިލަކީ އަނގޮޅިތީމް

އަޙްމަދު އަބްދުﷲ
4 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރ. ރަސްގަތީމަށް ވަޑައިގެންފި އެވެ.

މި ދަތުރުފުޅަކީ ރައީސް މުއިއްޒު ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ދަތުރުފުޅެކެވެ. ރަސްގަތީމަކީ މި ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގެންނެވީ ރ. ވާދޫ އަށެވެ.

ރައީސް ރަސްގަތީމަށް ކުރައްވާ މި ދަތުރުފުޅުގައި އެރަށުގައި އަލަށް އިމާރާތްކުރެވުނު ކައުންސިލް އިދާރާ ރަސްމީކޮށް ހުޅުއްވައިދެއްވާނެ އެވެ. އަދި ރަސްގަތީމުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ކައުސިލްގެ އިތުރުން ރައީސް މުއިއްޒު ރަސްގަތީމުގެ ރައްޔިތުންނާވެސް ބައްދަލު ކުރައްވާނެ އެވެ. އަދި މި ބައްދަލުކުރެއްވުމުގެ ތެރެއިން ރަސްގަތީމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްއެއް ބެހެއްޓުމުގެ މަސައްކަތް ކުރުމަށް ކައުންސިލާ ހަވާލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ރައީސް ވާދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައި ބީއެމްއެލްގެ އޭޓީއެމްއެއް ބެހެއްޓުމަށްވެސް އެރަށުގެ ކައުންސިލާ ވަނީ ހަވާލުކޮށްފަ އެވެ.

ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީއާއި ސީދާ ގޮތުން ގުޅޭ ވުޒާރާތަކުގެ މަތީ ފަންތީގެ ވަފުދަކާއެކު ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ރ. އަތޮޅުގެ 11 ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ. ރަސްގަތީމަށް ފަހު އެމަނިކުފާނު ވަޑައިގަންނަވާނީ ރ. އަނގޮޅިތީމަށެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙