22 ޖެނުއަރީ 2025

ސަރުކާރުން ލާރި ނުހޯދާ ކުންފުނި ހިންގޭނެ ގޮތެއް މިދަނީ ބަލަމުން: ނަޖާހް

އަޙްމަދު ފައުޒާން
13 ގަޑިއިރު ކުރިން

މިވަގުތު ފެނަކައިގެ ދަރަނިތައް ދެއްކުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވި ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގަން އަމިއްލައަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ފެނަކަ ކޯޕަރޭޝަންގެ އާ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސް އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ނަޖާހު ވިދާޅުވި ގޮތުގައި، ދާއިމަށް ސަރުކާރުން ފައިސާ ދީގެން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ނުހިންގޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، މިހާރުވެސް ކުންފުނި ދެމެހެއްޓެނިވި ގޮތަކަށް ހިންގުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް އަޅަން ރާވާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނަޖާހު ފާހަގަ ކުރެއްވި ގޮތުގައި، ޕްރޮކިއުމެންޓް ނިޒާމުން އެކަނިވެސް ކުންފުނީގެ 40 ޕަސެންޓު ހަރަދު ކުޑަކުރެވޭނެ އެވެ. މިގޮތުން ކުންފުނީގެ ޕްރޮކިއުމެންޓް ނިޒާމުގެ ތެރެއިން ކުރަމުންދާ ހަރަދުތައް މުރާޖަޢާކޮށް، އޭގެ ތެރެއިން ”ބޮޑު އެއްޗެއް ސަލާމަތް ކުރެވޭނެ" ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ފެނަކައިގެ 4.3 ބިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން 1 ބިލިއަން ރުފިޔާ ސަރުކާރުން ވަނީ އަދާކޮށްދީފަ އެވެ. ނަމަވެސް ކުންފުނީގެ އާ އެމްޑީގެ ވިސްނުންހުރީ ކުރިއަށް އޮތްތަނުގައި ސަރުކާރުގެ އެހީތެރިކަމަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގޮތްތަކެއް ހޯދުމަށެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙