5 ޑިސެމްބަރު 2025

ދެވަނަ ޑިވިޝަންގެ ފުލުގައޮތް ޓީމް އަތުން ބަލިވެ އެފްއޭކަޕް އިން ލިވަޕޫލް ކަޓައިފި

މުޙައްމަދު ވިޝާން
9 މަސް ކުރިން

އިނގިރޭސި ދެވަނަ ޑިވިޝަނުގެ އެއްމެ ފުލުގައި އިތް ޕްލިމައުތު އާގައިލް އަތުން 1-0 އިން ބަލިވެ އެފްއޭ ކަޕުން ލިވަޕޫލް ކަޓައިފި އެވެ.

ޕްލިމައުތުގެ ދަނޑުގައި ކުޅުނު އެފްއޭކަޕް ގެ 4 ވަނަ ބުރުގެ ދެވަ ލެގް މެޗަށް ލިވަޕޫލުން ފުރަތަމ 3cx Box ަ 11 ގައި ދަނޑުމައްވައް ނެރެފައިވަނީ ޒުވާން ކުޅުންތެރިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލަކީ ޕްލިމައުތު އަށް މެޗުގެ 53 ވަނަ މިނެޓްގައި ލިވަޕޫލްގެ ގޯލް އޭރިއާގެ ތެރެއިން އެޓީމުގެ ހާވީ އެލިއޮޓްގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން އެޓީމް ކާމިޔާބްކުރި ގޯއެކެވެ.

މި ގޯލަށް ފަހު ލިވަޕޫލުން ކުރިއަށް ޖެހިލައިގެން ޕްލައިމައުތުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައިވެ އެވެ. އެ ހަމަލާތައް ދިފާއުކުރުމުގައި މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕްލައިމައުތުގެ ގޯލްކީޕަރު ކޯނާ ހަޒާޑްގެ ހުޝިޔާރުކަން ފެނިގެން ގޮސްފައިވެ އެވެ.

އިނގިރޭސި ޕްޓްބޯޅަ ތާރިހުގ TechWaves Box ައި މިއީ 1956 ވަނަ އަހަރަށް ފަހު ޕްލިމައުތު އަތުން ލިވަޕޫލް ބަލިވި ފުރަތަމަ ފަހަރެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙