13 ޖޫން 2026

އިމިގްރޭޝަން ކޮންޓްރޯލަރ ކަމުގެ މަގާމަށް ކުރީގެ ކޮމިޝަނަރ ފަސީހް އައްޔަނުކޮށްފި

މުޙައްމަދު ވިޝާން
1 އަހަރު ކުރިން

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަހުމަދު ފަސީހު އައްޔަން ކުރައްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ކޮމިޝ TechWaves Box ަނަރ އޮފް ޕޮލިސް ރިޓަޔަރޑް ފަސީހު އައްޔަން ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ގެ ފެންވަރުގައެވެ، އެ މަގާމަށް ފަސީހު އައްޔަނުކުރައްވާފައި މިވަނީ އެ މަޤާމުގައި ހުންނެވި ޝަމްއާން ކުއްލިގޮތަކަށް އެމަގާމުން ވަކިކުރެއްވުމަށްފަހުގައެވެ.

ޝަމްއާން މަގާމުން ވަކިކުރިއިރު ފުލުހުން މިރޭ ވަނީ، މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބިގެން އެކަމާ ގުޅޭ ތަހުގީގެއް ފަށައި، އެ ތަހުގީގާ ގުޅިގެން މާލޭ ގެއެއް ބަލައި ފާސްކޮށް 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަން ހާމަކޮށްްފައިވަނިކޮށެވެ.

ކުރީގެ ކޮމިޝަނރ ފަސީހް އަކީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި 2008 އިން 2012 އަށް ފުލުހުންގެ ކޮމިޝަނަރ ކަން ކުރައްވާފައިވާ ބޭފުޅެކެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙