މުޙައްމަދު ވިޝާންޤައުމީ އެއަރލައިން މޯލްޑިވިއަންގެ އެއާބަސް 320 ގެ ދަތުރުތައް އަލުން އައްޑުއަށް ފަށަން ނިންމައިފިއެވެ.
މޯލްޑިވިއަނުން އެކްސް ގައި ކޮށްފައިވާ ޕޯސްޓުގައި ބުނީ އަންނަ އެޕްރީލް
މަހުގެ 10 އިން ފެށިގެން އެ އެއާލައިންގެ އެއާބަސް 320 ގެ ދަތރުތަށް އައްޑޫއަށް އަލުން ފަށަން ހަމަޖެހިފައިވާ ކަމަށާއި، ކޮންމެ ހަފްތާއަކު ހިނިހިރާއި ބުރާސްފަތީގައި އެއާބަސް ގެ ދަތުރު އައްޑޫ ގަމަށް އޮންނާނެ ކަމަށެވެ.
މީގެ ކުރިންވެސް އެއާބަސް ގެ ދަތރުތައް އައްޑޫއަށް ވަނީ ކޮށްފައެވެ. އެ ދަތުރުތައް މެދުކަނޑާލީ އެ ބޯޓުގެ މައެިންޓޭނަންސް މަސައްކަތްތަކެއް ކުރުމަށް ކަމަށް އެ އެއާލއިން އިން ބުނެފައިވެއެވެ.
Fly to GAN
— MaldivianAero (@MaldivianAero) March 21, 2025on our A320 every Thursday and Saturday and experience comfort in the skies. Starting 10th April onwards! ✈️✨ Terms and conditions may apply. pic.twitter.com/A6UswVBqEh
އެއާބަސް 320 ގެ އެއާކްރާފްޓަކީ 152 މީހުންގެ ޖާގައިގެ ބޯޓެކެވެ. އެ އެއާކްރާފްޓްގައި އިކޮނޮމީ ކުލާހުގެ 138 ގޮނޑިއާއި، ބިޒްނަސް ކްލާހުގެ 14 ގޮޑި ހުރެއެވެ.