25 ޖޫން 2026

ފެންހިންދާ ހޮޅި ގުޅުވުމުގެ މަސައްކަތް ފަށައިފި

އަޙްމަދު ފައުޒާން
1 އަހަރު ކުރިން

މާލެ ސިޓީގެ މަގުތަކުގައި ފެން ހަރުލާ ސަރަހައްދު ތަކުގެ ކާނުތައް ސާފުކޮށް، އެ ސަރަހައްދު ތަކުގައި ފެން ހިންދުމަށް ހޮޅިއަޅާ ގުޅުވައި މަރާމާތުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަކަމަށް، މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް، ރޭ މާލ 3cx Box ެ ސިޓީގެ މޭޔަރު އާދަމް އާޒިމާއި ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝްގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މުހައްމަދާއި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަލީ އައިމަން، މަސައްކަތް ހިނގާ ސަރަޙައްދަށް ވަޑައިގެންނެވި އެވެ.

ސިޓީ ކައުންސިލުން ބުނީ ކާނު ސާފު ކުރުމާއި ފެންހިންދާ ހޮޅި ގުޅުވުމުގެ މަސައްކަތައް މާލޭގެ ތިން ސަރަހައްދެއްގައި ކުރަމުންދާ ކަމަށެވެވެ.

އެގޮތުން ގ. މަޖީދީމަގު (އަތަމާޕެލަސް ކުރިމަތީ) TechWaves Box ހަރުލާ ފެންގަނޑު ހިންދުމަށް ޓަކައި، ފާށަނާކިލެގެފާނުމަގުގެ ކާނުތަކާއި މަޖީދީމަގުގެ ކާނުތައް، ހޮޅިއަޅައިގެން ގުޅުވައި، އެ ސަރަހައްދުގެ މަގުތައް ވެސް އަންނަނީ ފެން ނުހެދޭނެ ހެން މަރާމާތު ކުރަމުން އެބަދެ އެވެ.

ކައުންސިލުން އަންނަނީ، މަޖީދީމަގާއި ސޯސަން މަގުގެ ބައެއް ސަރަހަދުގެ ކާނުތައް ސާފުކޮށް، މަގު މަރާމާތު ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އެކަމާ ގުޅިގެން މޭޔަރު އާޒިމް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ވާރޭ ވެހުމުން މާލޭގައި ފެން ބޮޑުވާ މައްސަލައަކީ އެތައް ދުވަހެއްވަންދެން އިހުމާލުވެފައި އޮތް ކަމެއް ކަމަށާއި ﷲގެ ހެޔޮރަހުމަތުން މި ކަން، ހައްލުކުރާނެ ކަމަށެވެ.

ވާރޭ ވެހޭ ދުވަސްވަރު މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލައަކީ، މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. އޭގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އިތުރުވަމުންދެ އެވެ. މާލޭގައި ފެން ބޮޑުވުމަށް ދިމާވާ މައިގަނޑު އެއް ސަބަބަކީ، ކާނުތައް ބެދުމުގެ ސަބަބުން ފެން ދައުރު ނުވެ، މަގުތަކުން ފެން ގަނޑު ނުހިނދުމެވެ. ގިނަ މަގުތަކުގެ ކާނުތަކަށް، ކުނިބުނި އެޅި ބެދެމުން އަންނައައުން ހުއްޓުވުމަށް، ކައުންސިލުން އަބަދު ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙