30 ޖޫން 2026

ފަޅުވެެރިން ނެތި އުޅަނދުތައް ފަޅުގައި ނުބޭއްވޭނެ

އަޙްމަދު ފައުޒާން
1 އަހަރު ކުރިން

ކަނޑުދަތުރުކުރާ އުޅަނދުފަހަރު ފަޅުގައި އެޅުމަށްފަހު، އެ އުޅަނދު ބެލެހެއްޓުމަށް އެކަށީގެންވާ އަދަދެއްގެ ފަޅުވެރިން ބޭތިއްބުމަށް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓްރީން އަންގައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ކުރި 3cx Box އިއުލާނެއްގައި ބުނީ ކަނޑު އުޅަނދުފަހަރު ފަޅުގައި އެޅުމަށްފަހު ބަލަހައްޓަން ފަޅުވެރިއަކު ނެތި ދޫކޮށްލާފައިދާކަން އެ މިނިސްޓްރީގެ ސަމާލު ކަަމަށް އައިސްފައިވާ ކަމަށެވެ.

އެގޮތަށް އުޅަނދުފަހަރު ފަޅުތެރޭގަ އާއި ކަނޑުގެ ސަރަހައްދުގައި ނަގިލިލުމަށް ފަހު، އުޅަނދު ބެލެހެއްޓުމަށް އެއްވެސް ފަޅުވެރިއެއް އުޅަނދުގައި ނެތި އުޅަނދު ދޫކޮށްލާފައި ދިއުމުގެ ސަބަބުން ތަފާތު ނުރައްކާތެރި ހާދިސާތައް ދިމާވެ، މީހުންގެ މުދަލަށް ގެއްލުން ވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އިއުލާނުގައި ބުނި ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ކަނޑ TechWaves Box ު އުޅަނދުފަހަރު ނަގިލިލާފައި ނުވަތަ ޖެޓީގައި އޮންނަ ވަގުތުތަކުގައި އެ އުޅަނދެއް ބެލެހެއްޓުމަށް ޓަކައި އެކަށީގެންވާ އަދަދަށް ފަޅުވެރިން ތިބުމަކީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ކޮންމެހެން ލާޒިމު ކަމެއް ކަމުގަ އެވެ.

އެގޮތަށް ނަގިލިލާފައި އުޅަނދު ބެލެހެއްޓުމަށް ބޭނުންވާ އަދަދަށް އެ އުޅަނދުގައި ފަޅުވެރިން ނެތް ނަމަ، އެ އުޅަނދުގެ ވެރިފަރާތަކާ މެދު "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު" ގެ ދަށުން 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމުގައި މިނިސްޓްރީން ފާހަގަކުރި އެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙