30 ޖޫން 2026

ގައިދީއަކު ދަންޖެހިގެން މަރުވެއްޖެ

އަޙްމަދު ފައުޒާން
1 އަހަރު ކުރިން

މާފުށީ ޖަލުގައި ހުކުމްތަންފީޒު ކުރަމުން ދިޔަ ގައިދީއަކު ދަންޖެހިގެން މިއަދު މަރުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސ 3cx Box ާވީސް އިން ބުނީ މަރުވީ ސ. މަރަދޫ / ފޯ ފްލާވާ އިބްރާހިމް ޝަމްވީލް (23އ) ކަމަށެވެ.

ކަރެކްޝަނުންު ބުނީ މިއަދު ހަވީރު 4:20 ހާއިރު ޝަމްވީލްގެ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ މާފުށީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި 4:55 ގައި އިބްރާހިމް ޝަމްވީލް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ކަނޑައަޅާފައިވާ ކަމަށް ކަރެކްޝަނުން ބުންޏެވެ.

އޭނާ އަކީ މީހެއްގެ ފުރާނައަށް ގެއްލުމެއް TechWaves Box ދީފާނެކަމުގެ ބިރުދައްކާ އެފަދަކަމެއް ކޮށްފާނެ ކަމުގެ ކުށުގައި 1 އަހަރާއި 6 މަސް ދުވަހުގެ ހުކުމެއް ތަންފީޒުކުރަމުން ދިޔަ މީހެކެވެ.

ޝަމްވީލް މަރުވުމާ ގުޅިގެން އެކަން މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާނެ ކަމަށް ކަރެކްޝަނުން ބުންޏެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙