2 ޖުލައި 2026

ރާއްޖޭގައި ހުރި އިސްލާމީމަރުކަޒް ތަކުގައި މިއަހަރު ލައިބްރަރީ ގާއިމްކުރާނެކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެ

މުޙައްމަދު ވިޝާން
1 އަހަރު ކުރިން

ރާއްޖޭގައި ހުރި އިސްލާމީމަރުކަޒް ތަކުގައި މިއަހަރު ލައިބްރަރީ ގާއިމްކުރާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

ށ. މިލަންދޫ ގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާ TechWaves Box ލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައިު އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ ރަށްރަށުގައި އިސްލާމީ މަރުކަޒުތައް ޤާއިމުކޮށްފައި ހުރިނަމަވެސް އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި މިހާތަނަށް ނުހިފޭ ކަމަށެވެ.

އެހެންކަމުން މަރުކަޒުތަކުން ދެވޭ ޚިދުމަތްތައް ފުރިހަމަކުރުމަށް ކުރައްވަމުންގެންދަވާ ބައެއް މަސައްކަތްތައް ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ގދ. ތިނަދޫއާއި ރ. އުނގޫފާރުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކޯސްތައް މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ފަށާފައިވާކަމަށެވެ.

އަދި މި އަހަރުގެ ތެރޭގައި މިހާތަނަށް ރާ 3cx Box އްޖޭގައި ޤާއިމުކޮށްފައިވާ ހުރިހާ އިސްލާމީ މަރުކަޒެއްގައި ލައިބްރަރީތައް ޤާއިމުކުރަން ފެށޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ލައިބްރަރީ ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ ސަލްމާން ސެންޓަރުގައި. އަންނަ މަހު ހުޅުވޭތޯ މަސައްކަތްކުރަމުން ދަނީ. ދެން ތިނަދޫއާއި އުނގޫފާރުގައި ލައިބްރަރީތައް ޤާއިމުކުރެވޭނެ." މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި މިހާރު މަސައްކަތް ހިނގަމުންދާ އިސްލާމީ މަރުކަޒުތަކަށްވެސް އަލިއަޅުވާލެއްވިއެވެ. އެ ގޮތުން އައްޑޫ އަދި ހއ. ދިއްދޫ އިސްލާމީ މަރުކަޒުތަކުގެ މަސައްކަތް މި އަހަރު ނިމޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަދު އެއްބަސްވުމުގައި ސޮއިކުރެވުނު ށ. މިލަންދޫގެ އިސްލާމީ މަރުކަޒުގެ މަސައްކަތަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ މިލަންދޫގައި މަރުކަޒު އެޅުމުގެ މަސައްކަތް ކުރިއަށްދަނީ ރައްޔިތުންގެ އެދުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުގެ ދަށުން ކަމަށެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙