އަޙްމަދު ފައުޒާންރައީސް ޑރ. މުޙައްމަދު މުއިއްޒު، އަދަދު ނޫހުގެ ނޫސްވެރިޔާ އަދި ސީއީއޯ ހުސައިން ފިޔާޒު މޫސާއަށް ބިރު ދެއްކެވި ކަމަށް ބުނާ މައްސަލައިގައި އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެ މައްސަލައިގައި ރައީސް މުުއިއްޒުގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށްޕްރޮސިކިއުޓާ ޖެނެރަލް(ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.
މި މަހުގެ 14 ވަނަ ދުވަހު ރައީސް މުއިއް
ޒު ފިޔާޒުއަށް ގުޅުއްވައި ބިރު ދައްކައި އިންޒާރުދީފައިވާކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަހެޅުއްވީ ފިޔާޒު އެވެ.
ޕީޖީން މިރޭ ނެރުނު ބަޔާނުގައި ބުނީ އެ މައްސަލާގައި ފުލުހުން ހޯދާފައިވާ ހެކި ގަރީނާ އެ އޮފީހުން ދިރާސާކޮށް ބެލިއިރު، ރައީސް މުއިއްޒު ފިޔާޒުއަށް ގުޅައި އިންޒާރު ދިންކަމަށް ގާނޫނީ ގޮތުން މާނަކުރެވޭނެ ފަދަ ބަހެއް ނުވަތަ އިބާރާތެއް ރައީސް ބޭނުންކުރައްވާފައިވާކަން އެނގެން ނެތް ކަމަށެވެ.
އެހެންވެ އެ މައްސަލައިގ
ައި ރައީސްގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް ޕީޖީން ބުންޏެވެ.
ފިޔާޒް ފުލުހުންނަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވާ ގޮތުން ރައީސް މުއިއްޒު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅެއްގެ ތެރޭގައި އިންޒާރު ދެއްވީ "ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް" ވިދާޅުވެ އެވެ.
އެހެން ނަމަވެސް ގާނޫނީ ނައްސުތަކަށް ފެތޭ އިންޒާރުދިނުމުގެ ބަހެއް ރައީސް ވިދާޅުވި އިބާރާތުގައި ނެތްކަން ޕީޖީން ފާހަގަކުރި އެވެ.
"މިއީ އިސްވެ ދެންނެވުނު ޤާނޫނީ ނައްސުތަކަށް ފެތޭ އިންޒާރުދިނުމުގެ ޢަމަލަކަށްނުވާތީ މިއީ ޖިނާއީ ދަޢުވާއެއް ކުރެވޭނެ މައްސަލައެއް ނޫންކަމަށް މި އޮފީހުން ނިންމީ އެވެ." ޕީޖީ އޮފީހުން ބުންޏެވެ.
ގާނޫނުގައި އިންޒާރު ދިނުމުގެ ކުށްކަމުގައި ބުނެފައިވަނީ