މިއަންމާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ތައިލެންޑަށް ލިބުނު ގެއްލުންތަކުގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް އަނިޔާވެގެން ރިޕޯޓުކޮށްފައި ނުވާ ކަމަށް އެ ގައުމަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނާ ގޮތުގަ
އި މިއަންމާއަށް އެކުއެކީގައި ދެ ބިންހެލުމެއް އައިސްފަ އެވެ. ފުރަތަމަ އައީ 7.7 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. އެއަށް ފަހު 6.4 މެގްނިޓިއުޑްގެ ބިންހެލުމެއް ހަމަ އެ ސަރަހައްދަށް އައި ކަމަށެވެ.
މި ބިންހެލުންތައް އައިސްފައި ވަނީ ރާއްޖެ ގަޑިން މިއަދު ހެނދުނު 11:32 ހާއިރު އެވެ.
ބިންހެލުންތަކުގައި ބޮޑެތި ގެއް
ލުންތަކެއް ލިބުނު އެއް ސަރަަހައްދަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ސަރަހައްދެކެވެ.
ފުއާދު ތައުފީގު މިއަދު ވިދާޅުވީ ބިންހެލުމުގައި ގިނަ އަދަދެއްގެ ދިވެހިން އުޅެމުން އަންނަ އިމާރާތްތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އެގޮތުން އިމާރާތްތަކަށް ނުވަދެވޭ ވަރަށް ގެއްލުންވުމުގެ އިތުރުން ބައެއް އިމާރާތްތަކުގެ ފާރުތަކުގައި ރެނދުއެޅުން ފަދަ ގެއްލުންތައް ވެފައިވާ ކަމަށެވެ.
އެހެންނަމަވެސް ބެންކޮކުގައި ދިރިއުޅެމުންދާ ދިވެހިންގެ ތެރެއިން އެއްވެސް ތަނެއްގައި ތާށިވެ، އަނިޔާއެއް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ދިވެހި އެމްބަސީއަށް ލިބިފައިނުވާ ކަމަށެވެ.
ސަފީރު ވިދާޅުވި ގޮތުގައި އެމްބަސީއަށް ހަމައެކަނި އެނގެނީ ތައިލެންޑަށް ދިއުމަށް ފަހު އެކަން އަންގާ ފަރާތްތަކުގެ މައުލޫމާތު އެކަނި ކަމުގަ އެވެ. އެ ފަރާތްތަކުގެ މައުލޫމާތު ރަޖިސްޓްރީކޮށް، ދަފުތަރެއްގައި ބަލަހައްޓަމުން ގެންދާ ކަމުގަ އެވެ.