މުޙައްމަދު ވިޝާންވެލިދޫ އާއި، ކާށިދޫ އަދި ލ.ގަމުގައި ރިހެބެލިޓޭޝަން ސެންޓަރ ތަރައްގީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކޮށްފި އެވެ.
ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ފަރާތުން އެ އެޖެންސީގެ ހިދުމަތްތައް މުޅިރާއްޖ
ެއަށް ފުޅާކުރުމަށް ކުރަމުންއަންނަ މަސައްކަތްތަކުގެ ތެރެއިން އެ 3 ރަށުގައި ކޮމިއުނީ ބޭސްޑް ރިހެބެލިޓޭޝަން ސެންޓަރ ތައް ތަރައްގީކުރުމަށް އާރުޑީސީއާއި ހަވާލުކުރިއިރު ކ ހިންމަފުށީގައިވެސް ރިހެބެލިޓޭޝަން ސެންޓަރެއް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
އެ 3 ރަށުގެ މަސައްކަތް އާރުޑީސީ އާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާރުގައި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ފަރާތުން ސޮއިކުރެއްވީ އެ ސެންޓަރުގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު (ރާޑޯ) އެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހެއިރެވެ.