7 އެޕްރިލް 2025

ކުށުގެ މައްޗަށް ކުށް: އަނެއްކާވެސް ހައްޔަރު

އަޙްމަދު ފައުޒާން
3 ދުވަސް ކުރިން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުގެ އެޕާޓްމެންޓެއްގައި މީހަކު ރަހީނުކޮށް، އިނގިލި ބުރިކޮށްލުމަށް އުޅުނު މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނުނު މީހަކު ވައްކަމުގެ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފި އެވެ.

މީހަކު ރަހީނުކުރި މައްސަލަ އާ ގުޅިގެން މިދިޔަ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު TechWaves Box ގެ ރޭ ހިޔާ އެޗް-9 ޓަވަރުގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓްމަންޓުން 12 މީހުންގެ ގްރޫޕެއް ހައްޔަރުކުރި އެވެ. އެ މީހުން ހައްޔަރުކުރީ ރަހީނުކުރި މީހާގެ ބޯ ބާލުވައި އިނގިލި ބުރިކޮށްލަން އުޅެނިކޮށް އެ އެޕާޓްމަންޓުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ އެވެ.

ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކުރީ އެ މީހުންގެ ތެރޭގައި ހިމެނުނު މ. ކޮޅުފުށި، އާރެސް، ހަސަން ގާލިބު (39އ) އެވެ.

ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭ ގޮތުގައ 3cx Box ި ގާލިބަކީ ކުށުގެ ރެކޯޑު ގިނަ މީހެކެވެ. ވުމާ އެކު އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.

ރަހީނުކުރި މައްސަލައިގައި ގާލިބު އާއެކު އަށް މީހަކު ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރި އެވެ. ނަމަވެސް އޭނާ ހިމެނޭހެން މައްސަލައިގައި ހައްޔަރުކުރި އެންމެން ފަހުން ވަނީ ދޫކޮށްލާފަ އެވެ. އެ މީހުންގެ މައްޗަށް ދައުވާކުރަން މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙