ޑިސްކައުންޓް ދިނުމުންވެސް ބިލް ބޮޑުވީ ހޫނުގަދަވުމާއި ކަރަންޓް ބޭނުންކުރި ނިސްބަތް ރޯދަމަހު މަތިވެފައިވާތީކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ރޯދަމަހުގެ ކަރަންޓް ބިލު ކަރަންޓު
ބިލުގައި ރޯދަމަހުގެ ޑިސްކައުންޓް ހިމެނުމުން ވެސް ބިލް ބޮޑުވީ ހޫނު މޫސުމާ ދިމާވުމުން ބޭނުންކުރި ކަރަންޓުގެ ޔޫސޭޖް އިތުރުވުމުން ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސަރުކާރުން ވަނީ ކުރީ ރޯދަމަހެކޭ އެއްގޮތަށް މިފަހަރުގެ ރޯދަމަހުވެސް ކަރަންޓް ބިލުން 10 ޕަސެންޓް ޑިސްކައުންޓް ދިނުމަށް ނިންމާފައެވެ. އަދި ރޯދަމަހަށް ހާއްސަ ޑިސްކައުންޓް ބިލު ވަކިކުރުމަށްޓަކައި، ރޯދަމަހުގެ ކުރިން ސްޓެލްކޯއިންވަނީ ކަރަންޓް މީޓަރުތަކުގެ ރީޑިންގ ނަގާފައެވެ.
ރަމަޟާން މަހުގެ ޑިސްކައުންޓް ބިލް މިހާރު ފޮނުވާފައިވ
ާއިރު ބައެއް ބިލްތައް ދެގުނަ ބޮޑުވެފައިވާކަށާއި، އަދި ޑިސްކައުންޓަށް ލިބުނު ވަރު ކުޑަކަމަށްބުނެ މީސް މީޑިއާގައި ބައެއް ފަރާތްތަކުން ޝަކުވާ ދަނީ ހިއްސާކުރަމުންނެވެ
ސްޓެލްކޯއިން ބުނީ ޑިސްކައުންޓް ދިނުމުގައި ބަލާފައިވާނީ ވޭތިވެ ދިޔަ 9 މަހުގެ ކަރަންޓް ބިލުގެ އެވްރެޖް ކަމަށާއި އެގޮތުން އެކި ފަރާތްތަކަށް ޑިސްކައުންޓަށް ލިބިފައިވާ މިންވަރު ތަފާތުވާނެ ކަމަށެވެ.
ސްޓެލްކޯއިން ބުނީ ރޯދަމަހުގެ ދެ ގަޑިއެއް ގައި ކަރަންޓް ބޭނުންކުރާ މިންވަރު ވަރަށް މަތިވި ކަމަށާއި، އެގޮތުން މެންދުރުފަހު އާންމުކޮށް ބަދިގޭގައި ބޭނުންކުރާ އެއްޗެހި އިތުރުވާ ގަޑީގައި މަތިވާ ކަމަށާއި އަދި އިނީ އިޝާ ނަމާދު ފަހުންވެސް ކަރަންޓް ބޭނުންކުރާ މިންވަރު މަތިވާ ކަމަށެވެ. ނަމަވެސް އެ ގަޑީގަ ކަރަންޓް ބޭނުންކުރާ މިންވަރު މައްޗަށް ދާ ސަބަބު ދެނެގަނެވިފައި ނުވާކަމަށެވެ.
ސްޓެލްކޯ އިން ކުރިން ވެސް ވަނީ ރޯދަ މަހުގެ ބިލް އާންމު މަސްތަކުގެ ބިލަށްވުރެ ބޮޑު ނުވާ ގޮތަށް އެވްރެޖް ބިލެއް ހަދާނެ ކަމަށާއި ހިސާބުކުރުމުގައި ބަލާނީ ނުވަ މަހުގެ އެވްރެޖަށް ކަމަށް ބުނެފަ އެވެ.
.ޑިސްކައުންޓް ދިނުމުގައި އެކި މީހުންނަށް އެކި މިންވަރަށް ދީފައިވާގޮތް ސާފު ކޮށްދެއްވަމުން އޮފިޝަލް ވިދާޅުވީ ޑިސްކައުންޓް ދިނުމުގައި ބެލީ މިދިޔަ ނުވަމަހުގެ ބިލްތަކުގެ އެވެރެޖަށް ކަމަށެވެ.
"ނުވަ މަހު [މީހުން] އުޅެފައި ނެތް ގޭގެ ހުންނާނެ. އެ ތަންތަނަށް އަޅުގަނޑުމެން މި ދިނީ ހަމަ 10 ޕަސެންޓުގެ ޑިސްކައުންޓެއް. ބައެއް ގެތަކަށް އެބަހުރި 1،400 އިން 1،700 އިން ވެސް ޑިސްކައުންޓު ލިބިފައި،" އޭނާ ވިދާޅުވި އެވެ.