28 އެޕްރިލް 2025

ސަވާހިލީގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން އައްޑޫސިޓީ ކައުންސިލުން އިއުލާނުކޮށް

މުޙައްމަދު ވިޝާން
20 ދުވަސް ކުރިން

އައްޑޫ ސިޓީގެ މަރަދޫ އާއި ފޭދޫ ކައިރީގައި އޮންނަ 'ސަވާހިލި' ގައި ޓޫރިޒަމް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން އައްޑޫސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައި 3cx Box ވަނީ ސަވާހިލި ގައި ޓޫރިސްޓް ފެސިލިޓީއެއް ހިންގަން 50 އަހަރަށް ކުއްޔަށް ދިނުމަށް ނިންމާފައިވަނީ އެރަށުން 858،462 އަކަފޫޓުގެ ބިމާއި ފަޅުން ކަނޑައަޅާފައިވާ ސަރަހައްދެއްގައި ކަމަށެވެ.

އެރަށުގައި ގާއިމްކުރާ ޓޫރިސްޓް ފެސިލިޓީގައި މަދުވެގެން 10 ކޮޓަރިއާއި، ރެސްޓޯރެންޓަކާއި، އިންޑޯ އަދި އައުޓްޑޯ ކުޅިވަރު ވަސީލަތްތަކާއި، މޫދުކުޅިވަރުގެ އިތުރުން ސްޕާއާއި، ވެލްނަސް ސެންޓަރާއި، ސުވިމިން ޕޫލާއި ފަތުރުވެރިންނަށް ހިދުމަތް ދެވޭ އެހެނިހެން ވަސީލަތްތައް ތަރައްގީ ކުރަން ޖެހޭނެކަމަށް ބުނެފައިވެއެވެ.

އައްޑޫސިޓީ ކައުންސިލް ގެ އިއުލކާނުގައި ބުނެފައިވާގޮތުން އެރަށުގައި ޓޫރިޒަމް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް 15 މޭ 2025 ގެ 13:00 އަށް އައްޑޫ ސިޓީކައުންސިލަށް ވަޑައިގަންނަވަން ޖެހިލައްވާނެއެވެ.

އަދި އެ މަޝްރޫއުގެ ބީލަން ފޮތް ކައުންސިލް އިދާރާ އަދި އީމެއިލް މެދުވެރިކޮށް މިއަދުން ފެށިގެން 20 އޭޕްރީލްގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 9އިން މެންދުރު 1 އަށްކަމަށް އައްޑޫ ސިޓީ ކައުންސިލުން ލިބެންހުންނާނެކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙