މުޙައްމަދު ވިޝާންސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ހޯދާ މިންވަރު 300 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ބުނެފިއެވެ.
ސީ-ޓު-އެއަރ ކަރގޯ ޚިދުމަތަކީ އެމްޕީއެލް މެދުވެ
ރިކޮށް ކަނޑުމަގުން ގެންނަ މުދާ ވައިގެ މަގުން އެކި ގައުމުތަކަށް ފޯރުކޮށްދިނުމަށް، އެމްއޭސީއެލް އާއި، އެމްޕީއެލް ގުޅިގެން ފަށާފައިވާ ޚިދުމަތެކެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން އެއިރޯޑްރޯމް މެނޭޖްމަންޓު ޑިޕާޓްމަންޓް އަދި ކާގޯ ޑިޕާޓްމަންޓުގެ ހެޑް ސީނިއަރ ޖެނެރަލް މެނޭޖަރ މަހްމޫދާ ޝަރީފް ވިދާޅުވީ މިދިޔަ އަހަރު ތަޢާރަފްކުރި ސީ-ޓު-އެއަރ ކަރގޯ ޚިދުމަތާއެކު ކާގޯގެ ޚިދުމަތް ވަރަށް ބޮޑުތަނުން ފުޅާވެގެން ގޮސްފައިވާކަމަށާއި ޚިދުމަތް ފެށިތާ އަހަރެއް ނުވަނީސް ޚިދުމަތް ހޯދާ މިންވަރު 300 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.
ކަރގޯގެ ޚިދުމަތަކީ މުސްތަގްބަލުގައިވެސް ފުޅާވެގެން ދާނެ ޚިދުމަތެއްކަމަށާއި އެއާއެކު އިތުރު ޚިދުމަތްތައްވެސް ޤާއިމްވެގ
ެންދާނެކަމަށެވެ. އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ، ފުރިހަމަ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ދިނުމަށް އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާކަމަށާއި، އެގޮތުން މިދިޔަ އަހަރު ހުޅުވުނު ކާގޯ ޓާމިނަލަކީ މިފަދަ ގިނަ ޚިދުމަތްތަކެއްދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ޓާމިނަލެއް ކަމަށްވެސް ވިދާޅުވިއެވެ.