މުޙައްމަދު ވިޝާންމާލެ ސަރަހައްދުގައި މިއަހަރުގެ ތެރޭގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
އެކަން ހާމަކޮށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ފަހުމީ އެކްސްގަ
އި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދުވަސްވަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށްވާތީ، އިހުސާސްކުރެވޭ ހޫނުމިން މަތިވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެންމެން ވެސް ކަރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުން ވަރަށް މުހިންމު ކަމަށެވެ. ހާއްސަކޮށް، އޭސީ ކަހަލަ ތަކެތި ބޭނުންކުރާއިރު، އޭގެ ފިނިކަން 25 ޑިގްރީއަށް ވުރެ ދަށް ނުކުރުމަށާއި ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް ވެސް ފަހްމީގެ ޕޯސްޓްގައި ވިދަޅުވެފައި ވެއެވެ.
އަދި މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުކަމަށާއި، އެ ދުވަހުގެ މެންދުރުފަހު 3:00 ގައި 114 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވެ އެވެ. އަދި މިއަދު މެންދުރުފަހު 1:00 ގައި މާލޭގެ ލޯޑް ހުރީ 111 މެގަވޮޓްގައި ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ފަހުމީ
ގެ ޕޯސްޓްގައި ވަނީ ފަރުދީ ގޮތުން ކަރަންޓު އިގްތިސާދު ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކޮށްދިނުމަކީ މުޖުތަމައު އާއި އަމިއްލަ ލާބަ އާއި މަންފާއަށް ކުރެވޭ ވަރަށް މުހިންމު ކަމެކަމަށް ވިދާޅުވެ ކަރަންޓު ހެޔޮގޮތުގައި ބޭނުންކޮށް އިސްރާފު ނުކުރުމަށް އެންމެން ވެސް މަސައްކަތް ކުރަމަށް އެދިލައްވާފައެވެ.