22 ޖުލައި 2026

ސްޓެލްކޯގެ މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް އަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން މައުލޫމާތު ސެޝަނެއް ބާއްވަނީ

މުޙައްމަދު ވިޝާން
1 އަހަރު ކުރިން

ސްޓެލްކޯއިން ދިނުމަށް ހަމަޖެހިފައިވާ ސްކޮލާޝިޕްތަކާ ގުޅޭ މައުލޫމާތުދިނުމުގެ ސެޝަނެއް އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ސްޓެލްކޯގެ މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް އަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ވޯކް-އިން އިންފޮމ TechWaves Box ޭޝަން ސެޝަން އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އިން މެންދުރު 12:00 އަށް ސްޓެލްކޯގެ ޓްރެއިނިން ރޫމް (ފަސްވަނަ ފަންގިފިލާ)ގައި އޮންނާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އޮންލައިންކޮސް ބާއްވާ އެ ވޯކް-އިން އިންފޮމޭޝަން ސެޝަން ގައި ރަޖިސްޓާވުމަށް އެދި training@stelco.com.mv އީމެއިލް ފޮނުވުމުން މީޓިން ލިންކު ހިއްސާކުރާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް އަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ވޯކް-އިން އިންފޮމޭޝަން ސެޝަން ބާއްވަން ހަމަޖެހި ފައިވަނީ އަންނަ ބްރާސްފަތި ދުވަހުގެ މެންދުރު 13:00 އިން 14:00 އަށެވެ. އެ ކުފުނިން ދިނުމަށް ހަމަޖެހިފައިވާ ސްކޮލާޝިޕް ތަކުގެ ދަށުން އިނގިރޭސިވިލާތުގައި ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބޭ އިރު، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިން ދާއިރާ އިން އެއް ޖާގަ އާއި މެކޭނިކަލް އިންޖިނިއަރިން ދާއިރާ އިން ދެ ޖާގަ ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙