މުޙައްމަދު ވިޝާންމިސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި 2280 މީހުން އެބަތިބި ކަމަށް ކުރީ ސަރިކާރުގެ ފިނޭސް މިނިސްޓަރ އަމީރު ވިދާޅުވެއްޖެއެވެ.
ރޭ ދަނޑިކޮށި ޖަގަހާގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ކުރ
ީގެ މިނިސްޓަރ އަމީރު ވިދާޅުވީ މި ސަރުކާރުން ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުމަށް ޖެހިލުންވެ ފަސްޖެހެމުން ގޮސް އެންމެ ފަހުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދކީ 922 ކަމަށް ވިދާޅުވެ ހާމަކުރެއްވީ ސީދާ ދޮގު މައުލޫމާތު ކަމަށެވެ.
ރޭގެ ޖަލްސާގައި އަމީރު ވާހަކަ ދައްކަވަމުން ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ކޮންމެ އަހަރަކުވެސް ބަޖެޓް ފޮތުގައި ސިޔާސީ މުވައްޒަފުންގެ އަދަދު ދިޔައީ ޖަހަމުން ކަމަށާއި، ނަމަވެސް މި ސަރުކާރުން އެކުލަވާލި ބަޖެޓް ފޮތުގައި އެބައި ވަނީ އުނިކޮށްފައި ކަމަށެވެ.
މީގެ އިތުރުން އެމްޑީޕީ ސަރުކާރުން ސިޔާސީ މީހުންގެ ތެރޭގައި
ރައީސް އޮފީހާއި މުލީއާގެ އާއި ހިލާލީ ގޭގެ އިތުރުން ރަށްރަށުގެ ސިއްހީ މަރުކަޒު ތަކާއި ޔޫތު ސެންޓަރ ތަކަށް އައްޔަނުކޮސްފައިވާ ސިޔާސީ ފަރާތްތައް ވެސް ހިމަނާފައި ވާނެ ކަމަށާއި، ކަމަށެވެ.
ނަމަވެސް މިސަރުކާރުން އަދަދު މަދުކުރުމަށް ރަށްރަށުގެ ރައީސް އޮފީހާއި މުލީއާގެއާއި ހިލާލީގެ މު
ވައްޒަފުންގެ އިތުރުން ރަށްރަށުގެ ހެލްތު ސެންޓަރ ތަކަޝާއި ޔޫތު އެކި ނަން ނަމުގައި އެތަށް ބަޔަކަށް ސިޔާސީ މަޤާމު ދީފައިވާ ކަމަށާއި އެފަރާތްތައް ވެސް މި ސަރުކާރުން ހާމަކުރި އަދަދުގެ ތެރޭގައި ހިމަނާފައި ނުވާކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
ނަމަވެސް އެތަންތަނުގެ މުވައްޒަފުން ހިމެނުމުން މިވަގުރު މި ސަރުކާރުގައި ޖުމްލަ 2280 މުވައްޒަފުން އެބަތިބި ކަމަށާއި، އެމައުލޫމާތު އެމަނިކުފާނަށް ވަނީ ފެނިފައިކަމަށާއި، އަދަދު ހާމަ މިކުރީ އެނގިގެން ކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވި އެވެ.
މިނިސްޓަރ އަމީރު އިތުރަށް ވިދާޅުވީ މިސަރުކާރުން ސިޔާސީ މުވައްޒަފުން ގުނާނަމަ އެމްޑީޕީ ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 400 އަށްވުރެ މަދުވާނެ ކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.