5 ޑިސެމްބަރު 2025

ފިރިހެން ދަރިވަރުންތަކަކަށް ބަރަހާނާ މަންޒަރު ދައްކައި ޖިންސީގޯނާކުރިކަމުގެ ތުހުމަތުގައި ދެކުނުގެ ރަށެއްގެ ފިރިހެން ޓީޗަރަކު ހައްޔަރުކޮށްފި

މުޙައްމަދު ވިޝާން
1 މަސް ކުރިން

ފިރިހެން ދަރިވަރުންތަކަކަށް ބަރަހަނާ ވީޑިއޯ ދައްކައި ޖިންސީ ގޯނާކުރި މައްސަލައެއްގައި ފިރިހެން ޓީޗަރަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ދެކުނުގެ ރަށެއްގެ ސްކޫލް ޓީޗަރަކު އެ ސްކޫލުގެ ފިރިހެން ދަރިވަރ 3cx Box ުންތަކަކަށް ބަރަހާނާ މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން އެ އިދާރާއަށް ހުށަހަޅާފައިވާތީ އެމައްސަލާގައި ތުހުމަތުކުރެވޭ ފިރިހެން ޓީޗަރު ހައްޔަރުކށްްފި އެވެ.

އިތުރަށް ފުލުހުން ބުނީ އެޑިއުކެޝަން މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު ހުށަހެޅި އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެން ޓީޗަރެއް ކަމަށާއި، އެ މީހާ ބަންދުކޮށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރަން އަމުުރުކޮށްފައިވާ ކަމަށެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙