މުޙައްމަދު ވިޝާންކޮޅުވެއްޓިއެއް ބަންޑުންޖަހާލައި މީހަކު މަރުވެއްޖެ އެވެ.
އެމްޕީއެލް ބަނދަރު ސަރަހައްދާ ކައިރިން ލޭންޑިން މިއަދު 3:40 އެހާކ
ަންހާއިރު ހިނގި މިހާދިސާގައި 6 މީހަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށް މެރިން ޕޮލިހުން ބުނެއެެވެ. މީގެތެރޭގައި ހިމެނެނީ 4 ދިވެހިންނާއި 2 ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ.
އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް) އިން ބުނީ މި ހާދިސާ ހިނގި އިރު، ބަންޑުންޖަހާލި ލޭންޑިންކްރާފްޓްގެ ތެރޭގައި މީހަކު ހުރި ކަމުގެ މަޢުލޫމާތު ލިބިގެން އެ މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކުރި މަސައްކަތުން، އެ މީހާ މިހާރުވަނީ ނަގާފައި ކަމަށެވެ.
ކޮޅިވެއްޓި ބަންޑުން ޖަހާލައިގެން ދާދި ފަހުންވެސް ވަނީ ހިތާވެރި 2 ހާދިސާއ
ެއް ހިނގާ ބައެއްގެ ފުރާނަވެސް ގެއްލިފައެވެ. މީގެތެރޭގައި ސިފައިންގެ ކުންފުނީގެ ކޮޅުވެއްޓިއެއ ބަންޑުން ޖަހާލައިގެން ސިފައިންގެ މީހަކު ނިޔާވިއިރު މިދިޔަމަހު ކޮޅުވެެއްޓިއެއް ބަނޑުން ޖަހާލައިގެން 3 މީހުންގެ ފުރާނަ ގެއްލުނުނެވެ.