މުޙައްމަދު ވިޝާންމިނިސްޓްރީތައް މެދުވެރިކޮށް ސިޔާސީ ގޮތުން ނުފޫޒާއި ބިރު ދެއްކުމުގެ ސިޔާސަތު އަލުން އިއާދަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ގއ. ގެމަނަފުށީ ސްކޫލުގައި ވަޒީފާ އަދާކުރަމުންދިޔަ އަމާނުالله އަދާކުރަމުންދިޔަ
ވަޒީފާ ގދ. ވާދޫ ޖަމާލުއްދީން ސްކޫލަށް ކުއްލިއަކަށް ބަދަލުކޮށް އެފަރާތަށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވާފައިވާ ޗިޓާއެކު އެކްސްގައި ކުރައްވާފައިވާ ޕޯސްޓްގައި ފައްޔާޒް ވިދާޅުވީ އެކަމަކީ އޭނާއަށް ސަރުކާރުން ދިން ބޮޑު އަނިޔާއެއް ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބޭއިންސާފުން އަޅާ މިފަދަ ފިޔަވަޅުތަކަކީ ވަޒީފާގެ ރައްކާތެރިކަމެއް މިއަދު އެއްވެސް މުވައްޒަފަކަށް ނެތްކަން ސާފުވާ ކަމެއްކަމަށާއި، ބުނާ ބަހަކުން ނުވަތަ ފާޅުކުރާ ހިޔާލަކުން އެއްވެސް މީހެއްގެ ވަޒީފާއަށް ބަދަލެއް ގެނެވިގެން ނުވާނެ ކަމަށެވެ.
އަދި މިނިސްޓްރީތައް މެދުވެރިކޮށް ސިޔާސީ ގޮތު
ން ނުފޫޒާއި ބިރު ދެއްކުމުގެ ސިޔާސަތު އަލުން އިއާދަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ފައްޔާޒްގެ ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.