މޫސާ ނައުޝާދުޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ރާއްޖެއިން ސަފީރުން ޢައްޔަން ކުރައްވައިފި އެވެ.
ސްޓޭޓް އޮފް ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ޢައްޔަން ކުރެއްވާފައިވަ
ނީ މި ސަރުކާރުގެ ކުރީގެ ލޯކަލް ގަވަރުމަންޓް މިނިސްޓަރ ރ. ފައިނު، ޗަމަން، އަލްފާޟިލް އާދަމް ޝަރީފު ޢުމަރެވެ. އަދި އެކުވެރި ޢަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަން ކުރެއްވީ މި ސަރުކާރުގެ ފުރަތަމަ އެންވާރަމަންޓް މިނިސްޓަރ ގ. ނޫމަރާހިޔާ، އަލްފާޟިލް ޠާރިޤު އިބްރާހީމްއެވެ.
މި ދެ ބޭފުޅުންނަށް ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އެރޔުއްވެވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.