މޫސާ ނައުޝާދުރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާފީ ދެއްކުމަށް ކާޑްލިމިޓް ދޭން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.
ބީއެމްއެލް އިން ބުނީ މީގެ ކުރިންވެސް ރާއްޖެއިން ބޭރުގައި ކިޔަވަންތިބޭ ދިވެހިންނަށް ވިސާ ފީ ދެއްކުމ
ަށް 'ކޭސް ބައި ކޭސް' އަށް ބެލުމަށް ފަހު ކާޑަށް ލިމިޓް ދެމުން އައިސްފައިވާ ކަމަށާއި، އެގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އާއި ގުޅިގެން މިއަދުން ފެށިގެން ހުރިހާ ދަރިވަރުންނަށްވެސް، ވިސާ ފީ ދެއްކުމަށް އެދި ހުށަހެޅުމުން ކާޑަށް ބޭރުފައިސާގެ ލިމިޓް އިތުރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ ކުރިންވެސް އެ ބޭންކުންވަނީ ބޭރުގައި ކިޔަވަންތިބޭ ދަރިވަރުންނަށް ޓިއުޝަން ފީ، އާއި ދިރިއުޅުމުގެ ޚަރަދުތަކަށް ބޭނުންވާ ބޭރު ފައިސާ ހަމަޖައްސައިދިނުމުގެ ގޮތުން ދިވެހި ރުފިޔާގެ ކާޑުން ބޭރުފައިސާގެ މުއާމަލާތްކުރެވޭ ލިމިޓް 1200 ޑޮލަރަށް އިތުރުކޮސްދެއްވާފައެވެ.