29 ޖޫން 2026

މިދައުރު ނިމުމުގެ ކުރިން މި ސަރުކާރުން ތަރައްގީކުރާ ފުލެޓްތަކަށް މީހުންނަށް ވަދެވޭނެ: ރައީސް

މޫސާ ނައުޝާދު
9 ގަޑިއިރު ކުރިން

މިސަރުކާރުން އަޅާ ހައުސިންގ ޔުނިޓަތަކަށް މި ދައުރު ނިމުމުގެކުރިން އެތަންތަން ނިންމައި މީހުން ވައްދައި ދިރިއުޅެން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަ TechWaves Box ދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ފައިނޭންސްގެ ތެރެއިން ހިންގާ ހައުސިންގ މަޝްރޫއުގެ ތެރޭގައި ހިމެނޭ 13 ރަށެއްގައި ހައުސިން ޔުނިޓްތައް ހިންގުމަށްޓަކައި ކޮންޓްރެކްޓަރުންނަށް އެޑްވާންސް ފައިސާވެސް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

މީގެ އިތުރުން ބީއެމްއެލް ފައިނޭންސިންގެ ދށުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ހައުސިންގ މަޝްރޫއުގެ އަމަލީ މަސައްކަތަށް ދިއުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ނިމި، އަންނަ ޖުލައި މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ސީދާ އަސްލު ފައުންޑޭޝަން ކޮންކްރީޓް މ 3cx Box ަސައްކަތް އަންނަ ޖުލައި މަސް ތެރޭގައި ފެށިގެން ދާނެ ކަމަށް މިއަދު ހެނދުނު އޮތީ މައުލޫމާތު ލިބިފައި،". ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ، 2028 ވަނަ އަހަރުގެ މެދަކާއި ހަމައަށް ދާއިރު، ހައުސިން މަޝްރޫއުތަކުގެ ވަރަށް ބޮޑު އިންސައްތައެއް ނިމެނޭ ކަމަށާއި، އަދި ބައެއް ރަށްރަށުގެ މަސަައްކަތްތައް 2027 ވަނަ އަހަރުގެ ފަހުކޮޅަށްވެސް ނިންމޭނެ ކަމަށެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙