29 ޖޫން 2026

ސިގިރެޓް އަގުހެޔޮކުރާ ބިލު މުޅިމަޖިލީހުގެ ކޮމެޓީގެ އިއްތިފާގުން ފާސްކޮށްފި

މޫސާ ނައުޝާދު
9 ގަޑިއިރު ކުރިން

ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ، މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

މި ބިލު މަޖިލީހަށް ބަލައިގަތުމަށްފަހު ދިރާސާކުރުމަށް މުޅި މަޖިޅ 3cx Box ހަށް ފޮނުވުމުން އެ ބިލު ދިރާސާކުރުމަށްފަހު ކޮމެޓީން ފާސްކުރުމަށް ފެނޭތޯ ބެލުމށް ނެގި ވޯޓުގައި އެ ބިލު ކޮމެޓީން ފާސްކުރަން ފެންނަކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުން ހުށަހެޅި މި އިސްލާހުގައިވާގޮތުން ސިގިރެޓެއްގެ ޑިއުޓީއަށް މިހާރު ނަގަމުންއަންނަ 8 ރުފިޔާގެ ބަދަލުގައި އެ ބިލު ފާސްވުމުން ޑިއުޑީއަށް ނަގާނީ ސިގިރެޓަކުން 4 ރުފިޔާއެވެ.

އަދި އެޑްވެލޮރަމް ޑިއުޓީގެ ގ TechWaves Box ޮތުގައި ނަގާ 50 އިންސައްތަ، 30 އިންސައްތައަށް ދަށްކުރުމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ބޭނުންކުރާ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗް ފަދަ ތަކެތިން ޑިއުޓީ މާފުކުރުމަށް މި ބިލުގައި ހިމަނާފައިވެއެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙