މޫސާ ނައުޝާދުޑޮލަރު އިންވެސްޓް ކޮށްގެން ފައިދާ ހޯދޭ ޕޯޓަލްއެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތަޢާރަފް ކޮށްފި އެވެ.
ބީއެމް އެލް އިން މިއަދު ތަޢާރަފްކުރި "އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަ
ލް އަކީ އާންމުން އެ ޕޯޓަލް އިން ޑޮލަރު އިންވެސްޓްކުރުމުން އިންވެސްޓް ކުރި ޑޮލަރަށްވާ ދިވެހި ރުފިޔާ 15.42 ރުފިޔާގެ ރޭޓުން ވަގުތުން ޖަމާވާ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލް އެއް ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ޝަރީފް ވަނީ ވިދާޅުވެފައެވެ.
އިންވެސްޓްމަންޓް ޕޯޓަލް އާއި ގުޅޭ މައުލޫމާތު ދެއްވަމުން އެ ބޭންކުގެ ސީއީއޯ ޝަރީފް ވިދާޅުވީ އިވެސްޓުކުރާ ޑޮރަށްވާ ދިވެހި ރުފިޔާ 15.42 ގެ ރޭޓުން ވަގިތުން ލިބުމުގެ އިތުރުން އިންވެސްޓްމަންޓްގެ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާނެއެވެ. އިންވެސްޓްމެންޓްތައް ހުޅުވާލެވިފައިވަނީ އެކި މިންވަރަށް ފައިދާލިބޭ ޕޫލްތަކުގެ ގޮތުގައިކަމަށް ވާއިރު، %25 އާއި ހަމަޔަށް ފައިދާލިބ7ުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ސީއީއޯ ޝަރީފް ވަނީ ވިދާޅުވެފައެވެ.
އިންޓަނެޓް ބޭންކިން މެދުވެރިކޮށް މިއަދު 1000 ޑޮ
ލަރު އިންވެސްޓްކުރަން ބޭނުންވެއްޖިއްޔާ 1000 ޑޮލަރުގެ މުއާމަލާތް ފުރިހަމަކުރުމުން ވަގުތުން ބޭންކްގެ ރޭޓްގައި 15.42 ގެ ރޭޓްގައި 1000 ޑޮލަރަށްވާ ދިވެހި ފައިސާ ލިބޭނެ." ޝަރީފް ވިދާޅުވި އެވެ.
މި ޕޯޓަލް ތަޢާރަފްކުރުމަށް ހޮޓަލް ޖެންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއީއޯ ޝަރީފް ވިދާޅުވީ ކޮންމެ ދުވަހަކަށް ހުޅުވާލެވޭ އެކި މިންވަރަށް ފައިދާލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގެ ތެރެއިން އެވަގުތަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ޕޫލްތަކުގެ މަޢުލޫމާތު އިންވެސްޓްމަންޓް ޕޯޓަލް އިން ފެންނަން ހުންނާނެ ކަމަަށެވެ.
އަދި އިންވެސްޓްކުރުމުގެ މުޢާމަލާތް އޮންލައިންކޮށް ފަސޭހަކަމާއިއެކު ފުރިހަމަކުރެވޭނެ ގޮތް ބޭންކްގެ މޯބައިލް އެޕް އަދި އިންޓަނެޓް ބޭންކިންމެދުވެރިކޮށްވެސް ފުރިހަމަ ކުރެވޭނެ ކަމަށް ސީއީއޯ ޝަރީފް ވަނީ ވިދާޅުވެފައެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ކާޑުގެ ވިޔަފާރިއަކީ ބޭންކަށް ވަރަށް ބޮޑު ފައިދާއެއް ލިބޭ ވިޔަފާރިއެއް ކަމަށެވެ. އަދި ކާޑުގެ މުޢާމަލާތްތައް އިތުރުވެގެން ދިޔުމަކީ ބޭންކުގެ ފައިދާ އިތުރުވެގެންދާނެ ކަމެއް ކަމަށަށާއި ނަމަވެސް މި މުޢާމަލާތްތަކަށް ބޭންކަށް ޑޮލަރު ވިއްކޭނީ ބޭންކަށް ޑޮލަރުން ލިބޭ އާމްދަނީ އިންނާއި ބޭންކަށް ޑޮލަރު ގަނެވޭ މިންވަރަކުންކުން ކަމަށެވެ.
ކޮންމެ މަހަކު 250،000 - 300،000 އާއި ދެމެދުގެ އަދަދަކަށް މީހުން ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުޢާމަލާތް ކުރަމުންދޭ." ސީއީއޯ ޝަރީފް ވިދާޅުވިއެވެ.
އިތުރަށް ސީއީއޯ ޝަރީފް ވިދާޅުވީ އިންވެސްޓްމަންޓް ޕޯޓަލް ތަޢާރު ކުރެއްވީ ދެމެހެއްޓެނެވި ގޮތެއްގައި ކާޑުތަކުން ޑޮލަރު ބޭނުންކޮށްގެން ކުރާ ވިޔަފާރީގެ ޚިދުމަތް ދިނުމަށް ކަމަށާއި އެހެންކަމުން ޑޮލަރުން އިންވެސްޓްކުރާ ފަރާތްތަކަށާއި، ކާޑުގެ ޚިދުމަތް ބޭނުން ފަރާތްތަކަށާއި، އަދި ބޭންކަށް ވެސް އެފަދަ އިންވެސްޓްމަންޓްގެ ސަބަބުން ފައިދާ ކުރާނެ ކަމަށެވެ.