1 ޖުލައި 2026

ދުންފަތާއި ސިގިރެޓްގެ ޑިއުޓީ 2 ގުނަ ކުޑަކޮށްފި

މޫސާ ނައުޝާދު
8 ގަޑިއިރު ކުރިން

ސިގިރޭޓާއި ދުންފަތުގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސިގެރެޓާއި ދުންފަތުގެ ޑިއުޓީ ކުޑަކ TechWaves Box ުރުމަށް ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހުގެނައުމަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުންނެވެ.

ސަރުކާރުގެ ފަރާތުނއ މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް އެވެ.

މިދިޔަ ޖޫން މަހު ހުށަހެޅި މި ބ 3cx Box ިލުގައިވާ ގޮތުން ކުރިން ސިނގިރޭޓަކުން ނަގަމުން އައި 8 ރުފިޔާގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަވާނެ އެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން މި ބިލު ދިރާސާކުރުމަށް ފޮނުވީ މުޅި މަޖިލީހުގެ ކޮމެޓީއަށެވެ. އަދި މުޅި މަޖިލިސް ހިމެނޭ ކޮމެޓީން މި ބިލުވަނީ ސަރުކާރުން ހުށަހެޅިގޮތަށް ފާސްކޮށްފައެވެ. އެއަށްފަހު އެ ބިލު މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްވީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުންނެވެ.

މިއަދު ފާސްކުރި މި ބިލު ރައީސް ތަސްދީގުކުރައްވާތާ 30 ދުވަހުގެ ތެރޭގައި އެ ގާނޫނަށް އަމަލުކުރަން ފަށާނެ އެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙