މޫސާ ނައުޝާދުމޯލްޑިވްސް ހައްޖު ކޯޕަރޭޝަން ބޯޑް މެމްބަރުކަމާއި މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް، ދ ކުޑަހުވަދޫ ޝަބްނަމީގެ، މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް އައްޔަން ކޮށްފި އެވެ.
ފިރުޒުލް އަކީ ރައީސް ޑރ މުިއއްޒުގެ އިންތިގާލީ އޮ
ފީހުގެ ސްޕޯކްސް ޕާސަންގެ މަޤާމު އަދާކުރެއްވި ބޭފުޅާ އެވެ. އަދި މި ސަރުކާރުން ފުރަތަމަ އައްޔަނުކުރެއްވި ސަރުކާރުގެ ސްޕޯކްސް ޕާސަންއަކީވެސް ފިރުޒުލް އެވެ.
ހައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަނުކުރެއްވިއިރު ފިރުޒުލް ހުރީ ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީގެ މަގާމުގައެވެ.
ހައްޖު ކޯޕަރޭޝަނުގެ އެމްޑީގެ މަޤާމަށް ފިރުޒުލް އައްޔަން ކުރެއްވީ، އެ ކޯޕަރޭޝަނުގެ މެ
ނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި މުހައްމަދު ޝަކީލު އިސްތިއުުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާ އިސްތިއުފާދެއްވާފައިވަނީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރަކު ކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާއި ގުޅިގެންނެވެ.