މިނިވަންމަގު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު އާންމު ލޯންޗުފަހަރަށް 1 ނަންބަރު ޖެޓީ ބޭނުންކުރެވޭ ގޮތް ހެދުމަށް ފައްޔާޒް ގޮވާލައިފި
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައ
ްކަތްކުރިއަށްދާއިރު 1 ނަންބަރު ޖެޓީ އާންމުންނަށް ބޭނުންކުރެވޭ ގޮތް ހަމަޖައްސައިދިނުމަށް ފައްޔާޒް ގޮވާލައިފި
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތްކުރިއަށްދާއިރު 1 ނަންބަރު ޖެޓީ އާންމުންނަށް ބޭނުންކުރެވޭ ގޮތް ހަމަޖައްސައިދިނުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ގޮވާލައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވެފައިވަނީ މޯލްޑ
ިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މާލެ އުރުފަރާތު ބޮޑުތަކުރުފާނުމަގު ހަދަމުންދާއިރު 1 ނަންބަރު ފާލަން އާންމު ލޯންޗު ދަތުރުތަކަށް ހުޅުވާލުމަށް އެދިވަޑައިގަންނާފައެވެ.
އަދި ހާއްސަކޮށް ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކުން ދަތުރުކުރާ އުޅަނދު ފަހަރަށް 1 ނަންބަރު ފާލަމުން ޖާގަދިނުމަށް އެމްޓީސީސީ ގައި އެދިވަޑައިގަންނަވާކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
@MTCCPlc (Rahyithunge Kunfuni) Would you please consider allowing the use of Jetty Number 1 for passengers to get on and off Speed boats whilst the road development work at Boduthakurufaanu Magu is ongoing. At least for for disabled people. Thank you for your kind consideration.
— Fayyaz Ismail (@faya_i) July 1, 2026
ބޮޑުތަކުރުފާނު މަގު ފުޅާކޮސް ތަރައްގީކުރުމަށް މިހާރުކުރަމުންއަން މަސައްކަތުގެ ތެރެއިން ހެންވޭރު ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ފަޅުގެ ސަރަހައްދު ވަނީ ބަންދުކޮސްފައެވެ.
މި ސަރަހައްދަކީ އާންމުކޮސް މާލެ ދަތުރުކުރާ ރިސޯޓް އުޅަނދު ތަކާއި މާލެ އަށް ޝެޑިއުލް ދަތުރުކުރާ ލޯންޗު ތަކުން ބޭނުންކުރަމުންއައި ސަރަހައްދެވެ.