މުޙައްމަދު ވިޝާންމަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު ހިންނަވަރުން ހައްޔަރު ކޮށްފި އެވެ.
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތ
ީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ޅ. ހިންނަވަރުން ހައްޔަރުކޮށްފައިވަނީ އެރަށު ހުޅަގުމަތީގެ އަޙްމަދު ޝިރުޙާނު މުޙައްމަދު (33އ) އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 7 ވަނަ ދުވަހު ހިންނަވަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި، އެ ރަށު ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި އަށްރަބަރު ޕެކެޓު ފެނުމާ ގުޅިގެން ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބ
ަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.