9 ޖުލައި 2026

49 އަހަރުން ދަށުގެ މީހުން ހިމަބިހީގެ ވެކްސިންގ ފުރިހަމަކުރަން ހުޅުވާލައިފި

މުޙައްމަދު ވިޝާން
8 ގަޑިއިރު ކުރިން

49 އަހަރުން ދަށުގެ ދެ ޑޯޒް ފުރިހަމަވެފައި ނުވާ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އިން ފަށައިފިއެވެ.

އެޗްޕީއޭ އިން ބުނީ އެމްއާރު ވެކްސިން ދިނުމުގެ TechWaves Box ޕްރޮގުރާމުގެ ތިންވަނަ ފޭސްގެ ދަށުން 49 އަހަރުން ދަށުގެ މީހުންނަށް އެކި ސެންޓަރު ތަކުން ވެކްސިންގ ދިނުމުގެ ޕްރޮގްރާމެއް މިހާރު ފަށާފައިވާ ކަމަށެވެ.

ހިމަބިހި ރާއްޖެއިން ނައްތާލިފަހުން މި އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު ހިމަބިހީގެ ކޭހެއް ރިޕޯޓް ކުރިުފަހުން މިހާތަނަށް ބަލީގެ އެންމެފަހުގެ ތަފާސްހިސާބަށް ބަލާއިރު މިއަހަރު ހިމަބިހީގެ 121 ކޭސް ވަނީ ފެނިފައެވެ. ވޭތުވެދިޔަ ހަފުތާގައި 55 ކޭސް ފެނިފައިވެއެވެ.

ހިމަބިހިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އާންމުންނަށް ހުޅުވާލައިގެން ވެކްސިން ދިނުމުގެ މަސައްކަތް އެޗްޕީއޭއިން ފަށާފައިވާއިރު މިހާރު ވަނީ 18 އަހަރުން ދަށުގެ ކުދިންނަށާއި، ފުރަންޓްލައިންގައި މަސައްކަތް ކުރައްވާ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން 1537 މީހުންނަށް ވަނީ ވެކްސިން ދީފައެވެ.

އަދި މި ޕްރޮގްރާމުގެ ތިންވަނަ ފޭސްގެ ދަށުން 49 އަހަރުން ދަށުގެ 2 ޑޯޒް ފުރިހަމަވެފައި ނުވާ ފަރާތްތަކަށް07 ޖުލައި އިން 30 ޖުލައިގެ ނިޔަލަށް ވެކްސިން ދިނުމަށް ވަނީ ހުޅުވާލާފައެވެ.

 

ހިމަބިއްސަކީ ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ނަމަވެސް އައުޓްބްރޭކެއް އައުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ދަނީ އެކަމަށް ފިޔަވަޅު އަޅަމުންނެވެ.

މާލޭގައި ވެކްސިންދޭ ތަންތަނާއި ގަޑިތައް އެޗްޕީއޭގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވަނީ އާންމުކޮށްފައެވެ. އަތޮޅުތަކުގައި ހުންނަ މަރުކަޒުތަކުން ޚިދުމަތް ދޭ ގަޑިތައް އެ މަރުކަޒަކުން ވަކިން އިޢުލާނުކުރާނެއެވެ.

މާލޭ ސަރަޙައްދުގައި އެމްއާރު ވެކްސިންދޭ މަރުކަޒުތައް:

  • ޔޫޕީއެޗްސީސީ
  • ހުޅުމާލެ ހޮސްޕިތަލް
  • ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް
  • ވިލިމާލެ ހޮސްޕިޓަލް
  • އޭޑީކޭ ހޮސްޕިޓަލް
  • ޓްރީޓޮޕް ހޮސްޕިޓަލް

An error has occurred. This application may no longer respond until reloaded. Reload 🗙