މުޙައްމަދު ވިޝާންޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 3.6 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ ޕޯސްޓް މެދުވެރިކޮށް އެތެރެކު
ރި ޝިޕްމަންޓެއް މި މަހުގެ 18 ވަނަ ދުވަހު ބަލައި ޗެކް ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ 3.6 ކިލޯގެ "ސިންތެޓިކް ކެތިނޯން" ފެނިފައިވާ ކަމަށެވެ.
18 ޖޫން 2026 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 3.6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
— Maldives Customs Service (@CustomsMv) July 9, 2026
🔹ބާވަތް: ސިންތެޓިކް ކެތިނޯން
🔹ބަރުދަން: 3610 ގްރާމް
🔹މަަގުމަތީއަގު: 5 މިލިއަން ދިވެހި ރުފިޔާއަށް ވުރެ އިތުރު pic.twitter.com/eBtXHidjsJ
އިތުރަށް ކަސްޓަމްސް އިން ބުނީ ޖުމްލަ ބަރުދަނުގައި 3610 ގްރާމް މި ތަކެތީގެ މަގުމަތީ އަގު 5 މިލިޔަން ދިވެހި ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކުރެވިފައި ކަމަށެވެ.