މިނިވަންކުރެޑިޓަށް އެއާލައިން ޓިކެޓް ވިއްކާނެ ފަރާތެއް ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ވައިގެ މަގުން ރާއްޖެއާއި ރާއްޖެއި
ން ބޭރަށް ކުރާ ދަތުރުތަކަށް ކްރެޑިޓް އުސޫލުން އެއަރ ޓިކެޓްގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވެގެން، އެ ޕްރޮޖެކްޓްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ޝައުގުވެރިވާ އެންމެހާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.
އެގޮތުން ފުލުހުން ކޮސްފައިވާ ނަންބަރު 171-Y(FBM2)/IUL/2026/075 (ޕްރޮޖެކްޓް ނަންބަރު: PC-171/2026/T229) އިއުލާނާ ގުޅިގެން އެ ޕްރޮޖެކްޓްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، އިއުލާނާއެކު އެޓޭޗްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަކުރުމަށްފަހު، zh_C1337@police.gov.mv އަށް އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.
އަދި އެ ޕްރޮޖެކްޓްގައި ރަޖިސްޓްރީވިކަން ކަށަވަރުވާނީ ރަ
ޖިސްޓްރީ ނަންބަރު ލިބުމުން ކަމަށާއި، މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2026 ޖުލައި 13 ވާ ހޯމަ ދުވަހުގެ 12:00 ކަމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.
އަދި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2026 ޖުލައި 13 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕްރޮކިއުމަންޓް ސެކްޝަނުގެ އީމެއިލަށް ފޮނުވައިގެން މައުލޫމާތު ސާފުކުރެއްވޭނެ ކަމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕްރޮކިއުމަންޓް ސެކްޝަނުގެ ނަންބަރު 9790052 ފޯނަށް ގުޅައިގެން ނުވަތަ zh_C1337@police.gov.mv އީމެއިލް މެދުވެރިކޮށް ސާފުކުރެވޭނެއެވެ.
ގެޒެޓްގައި ޝާއިއުކޮށްފައިވާ އިއުލާން: https://www.gazette.gov.mv/iulaan/400707