9 ޖުލައި 2026

އަޑިއަށްދިޔަ އުޅަނދަކަުން ބައެއްތަކެތި އޮޔާދާތީ ވ ފެލިދޫ ބޭރުން ދަތުރުކުރާފަރާތްތަކުން ސަމާލުވާން އިލްތިމާސްކޮށްފި

މުޙައްމަދު ވިޝާން
3 ގަޑިއިރު ކުރިން

ވ ފެލިދޫ ބޭރަށް އަޑިއަށްދިޔަ އުޅަނދަކުން ބައެއް ތަކެތި އޮޔާދާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެދެފި އެވެ.

އެމްއެންޑީއެފް އިން ބުނީ ވ.ފެލިދޫގެ 5 ނޯޓިކަލް މޭލު ހުޅަނގުން އަޑިއަށްދާ އުޅަނދެއްގ 3cx Box ެ ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރާ ކަމަށާއި މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ވ.ފެލިދޫގެ 5 ނޯޓިކަލް މޭލު ބޭރުން އިރުމައްޗަށްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މައުލޫމާތު ދެއްވައެވެ.

އަދި މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މި ކަމަށް ސަމާލުކަން ދެއްވުމަށާއި އަދި، މި ސަރަހައްދުން ރޭގަނޑު ދަތުރުކުރައްވާ ނަމަ، މި ކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙