14 ޖުލައި 2026

މެލޭޝިއާގައި ޑިގްރީއަށް ކިޔެވުމުގެ 20 ސްކޮލާޝިޕް ފުރުސަތު އަދާލަތު ޕާޓީން ހުޅުވާލައިފި

މުޙައްމަދު ވިޝާން
20 ގަޑިއިރު ކުރިން

މެލޭޝިޔާގެ އަލް-ބުހާރީ އިންޓަނޭޝަނަލް ޔުނިވާސިޓީގައި ޑިގްރީއަށް ކިޔެވުމުގެ 20 ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު އަދާލަތު ޕާޓީން ހުޅުވާލައިފި އެވެ.

މަތީ ތައުލީމު ހާސިލުކުރުމަށް މާލީ ގޮތުން ހުރަސްތައް ކުރިމަތިވާ ކުދިންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮ TechWaves Box ށްދިނުމުގެ މަގުސަދުގައި އަދާލަތު ޕާޓީއާއި މެލޭޝިޔާގެ އަލް-ބުހާރީ އިންޓަނޭޝަނަލް ޔުނިވާސިޓީ ގުޅިގެން ހުޅުވާލާފައިވާ މި ސްކޮލާޝިޕް ފުރުސަތުގައި ވިސާ ފީއާއި، މެލޭޝިޔާއަށް ދިއުމުގެ ޓިކެޓް އަދި ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ދައްކަންޖެހޭ 294 ޑޮލަރު ފިޔަވައި ހުރިހާ ޙަރަދެއްކުރާނީ އެ ޔުނިވާސިޓީން ކަމަށް އަދާލަތު ޕާޓީން ބުނެއެވެ.

ސްކޮލަޝިޕަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް:

އުމުރުން 17 އަހަރާއި 23 އަހަރާ ދެމެދުގެ މީހަކަށްވުން.
ކައިވެނިކޮށްގެން އުޅޭ މީހަކަށް ނުވުން.
ގްރ 3cx Box ޭޑް 12 ނުވަތަ އެއާ އެއްފެންވަރުގެ ސަނަދެއް އޮތުން.
ސީޖީޕީއޭ 2.8 އަށް ވުރެ ދަށްނުވުން (ކޮމްޕިއުޓިންގް ދާއިރާއަށް ނަމަ 3.0 އަށް ވުރެ ދަށްނުވުން).
އިނގިރޭސި ބަހުގެ ފެންވަރު ދެނެގަންނަ އިމްތިހާނެއް (IELTS/TOEFL ފަދަ) ހަދާފައިވުން.
މިވަގުތު އެހެން ތަނެއްގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ކުއްޖަކަށް ނުވުން.

އެ ޕާޓީން ބުނީ ވިޔަފާރީގެ ދާއިރާއާއި، ތައުލީމީ ދާއިރާ އާއި އިޖުތިމާއީ ސައިންސްގެ ދާއިރާގެ އިތުރުން ކޮމްޕިއުޓިންގް (އައިޓީ، ޑާޓާ ސައިންސް އަދި ސައިބާ ސެކިއުރިޓީ) ގެ ދާއިރާއިން މި ސްކޮލާޝިޕްގެ ދަށުން ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހުިޅުވާލާފައިވާ ކަމަށާއި ސްކޮލާޝިޕަށް ޝަރުތު ހަމަވާ ފަރާތްތަކުން މި މަހުގެ 25 ހެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ސްކޮލާޝިޕަށް އެދި ހުށަހެޅުމަށްޓަކައި އައިޑީ ކާޑުގެ ކޮޕީ، ސީވީ، އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ބެލެނިވެރިންގެ އާމްދަނީ ބަޔާންކުރާ ލިޔުންތައް admin@adhaalath.org.mv އަށް އީމެއިލް ކުރުމަށް އަދާލަތު ޕާޓީން ވަނީ ހުޅުވާލާފައެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙