މިނިވަންޑޮލަރު ތާށިވީ ބޭކާރުގޮތުގައި ޑްރޯން އާއި ރަސްމާލެ ހިއްކަން މިލިއަނުން ޑޮލަރު ބޭރުކުރީމަ ކަމަށް އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
'ޑޮލަރެއް ނެތް' ގެ ނަމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރޭ ބޭ
އްްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަމުން އަމީރު ވިދާޅުވީ މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި މި ސަރުކާރަށް ބޭރު ގައުމަކުން އެއްވެސް ޑޮލަރެއް ގެނެވިފައިނުވާއިރު ރާއްޖޭގެ އެތެރޭގައި ހުރި ޑޮލަރުތައް ބޭނުންކުރަމުން ދަނީ ބޭކާރު ކަންކަމަށް ކަމަށެވެ.
އެގޮތުން ޑްރޯން ގަންނަން 95 މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، މިހާރުން މިހާރަށް އެއްވެސް ބޭނުމެއް ނުހިފޭނެ ރަސްމާލެ ހިއްކަން 230 މިލިއަނަށްވުރެ ގިނަ ޑޮލަރު ރާއްޖެއިން ބޭރުކޮސްފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.
މީގެ އިތުރުން އަމީރު ވިދާޅުވީ މި ސަރުކާރަށް މިހާތަނަށް ޑޮލަރެއް ލިބުނިއްޔާ ލިބިފަ
އޮތީ އެމްޑީޕީގެ ސަރުކާރުގައި ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން ކަމަށާއި، އާމްދަނީ އިތުރުކޮށްގެން، ޓެކްސް ރޭޓްތަކެއް ބޮޑުކޮށްގެން ލިބުނު ހުރިހާ ޑޮލަރެއްހެން ހިންގަން ނުޖެހޭ ބޮޑެތި ޕްރޮޖެކްޓްތަކަށް ބޭކާރުގޮތުގައި ދަނީ ޙަރަދުކުރަމުން ކަމަށެވެ.