މުޙައްމަދު ވިޝާންމާލެ ޓެކްސީލައިން ތަޢާރަފްކުރިފަހުން މިހާތަނަށް 70000 އަށްވުރެ ގިނަ ދަތުރުކޮސްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފއި އެވެ.
އެމްޓީސީސީ އިން ބުނީ އެ ކުންފުނިން މާލެ ސަރަހައްދުގައި ދެމުން އަންނަ ޓެ
ކްސީ ލައިންގައި ބޭނުންކުރާ އެޕްލިކެޝަން "މާލެޓެކްސީ އެޕް" ތަޢާރަފްކުރިފަހުން މިހާތަނަށް 25000 މީހުން އެ އެޕްލިކޭޝަން ބޭނުންކުރަން ފަށާފައިވާއިރު މިހާތަނަށް ޓެކްސީ ލައިނުން 70،000 އަށްވުރެ ގިނަ ދަތުރު ކޮށްފައިވާ ކަމަށެވެ.
އަދި އެކުންފުނިން ބުނީ ޓެކްސީ ލައިން ތައާރަފް ކުރުމާއެކު، ކުރިއަށްވުރެ މާލެއިން ޓެކްސީ ހޯދަން ފަސޭހަވެފައިވާ ކަން ފާހަގަކުރެވޭ ކަމަށެވެ.
ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް މާލެ ސަރަހައް
ދުގައި 150 ކާރު ބޭނުން ކުރާއިތު ޓެކްސީ ލައިންގައި ބޭނުންކުރާ ކުދި ކާރުތަކަކީ މާލޭގެ ހަނިގޯޅިތަކުން ވެސް ފަސޭހައިން ދަތުރުކުރެވޭނެ ފަދަ ކާރުތަކެކެވެ.
3 ސައިޒެއްގެ ކާރުތައް ޓެކްސީ ލައިންގައި ބޭނުންކުރާއިރު ޓެކްސީ ލައިންގައި ބޭނުންކުރާ ހުރިހާ ކާރުތަކަކީވެސް ތިމާވެއްޓާ ރައްޓެހި އީވީ ވެހިކަލް ތަކެވެ.