21 ޖުލައި 2026

ތިލަފުށްޓަށް ބަދަލުކުރާ މާލެ ކޮމާޝަލް ހާބަރުގެ މަގަތުފާލަމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

މުޙައްމަދު ވިޝާން
19 ގަޑިއިރު ކުރިން

ތިލަފުށީގައި ތަރައްގީކުރާ ވިޔަފާރި ބަނދަރުގެ އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ބަނދަރު ކީވޯލް ގެ މަސައްކަތް ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީ.އެޗް.އީ.ސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެ 3cx Box ލް)ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޙުސައިން ޝަފީގުއެވެ. އަދި ޗައިނާގެ ސީ.އެޗް.އީ.ސީ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު މާއޯ ބާއޯއެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ހިންގާ މި މަޝްރޫޢުގެ ދަށުން ސީ.އެޗް.އީ.ސީއާ ޙަވާލުކޮސްފައި ވަނީ ބައިނަލްއަޤްވާމީ ކޮންޓެއިނަރު ބޯޓުފަހަރަށް ޚާއްސަކޮށްގެން ހަދާ 14.6 މީޓަރު ފުން، 375 މީޓަރު ދިގު މަގަތު ފާލަމާކާއި ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުތަކަށް ޚާއްސަ 5 މީޓަރު ފުން، 820 މީޓަރު ދިގު މަގަތު ފާލަމެއް ހެދުމަށެވެ.

އެމްޕީއެލް އިން ބުނީ މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ 100 މީޓަރުގެ ޑޮމެސްޓިކް ކީ-ވޯ TechWaves Box ލްއަކާއި 3 ހެކްޓަރުގެ ސަރަހައްދެއް ޕޭވްގެ މަސައްކަތް މިދިޔަ ޖޫން 1، 2026 ގައި އެމް.ޓީ.ސީ.ސީއާ ވެސް ވަނީ ހަވާލުކޮށްފައިވާކަމަށާއި، މި މަޝްރޫޢު އެއްކޮށް ނިމޭއިރު، ތިލަފުށީގައި 1،000 މީޓަރަށްވުރެ ދިގު ބައިނަލްއަޤްވާމީ ކީ-ވޯލްއެއް އޮންނާނެ ކަމަށެވެ.

މީގެ އިތުރުން މާލޭ ނޯތު ހާބަރާއި ޓީޖެޓީ ބޭނުންކުރާ އުޅަނދުތަކަށް ޚާއްސަ 2،000 މީޓަރަށްވުރެ ދިގު ޑޮމެސްޓިކް ހާބަރެއްވެސް ތަރައްގީކުރެވޭނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙