22 ޖުލައި 2026

އިންޑިއާ ބަޔަކު ވައިގެމަގުން އައްޑުއަށް އެތެރެކުރަން އުޅުނު 4.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

މުޙައްމަދު ވިޝާން
9 ގަޑިއިރު ކުރިން

އިންޑިއާ ބަޔަކު ވައިގެމަގުން އައްޑުއަށް އެތެރެކުރަން އުޅުނު 4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މި މަހުގެ 18 ވަނަ ދުވ 3cx Box ަހު އައްޑޫ ސިޓީ ގަން އިންޓަރނޭޝަންލް އެއާޕޯޓަށް ޖެއްސި ފުލައިޓަކުން ރާއްޖެއައި އިންޑިއާ 2 މީހެއްގެ ލަގެޖް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

އަދި އެ 2 މީހުންގެ ލަގެޖު ޗެކްކުރީ ކަސްޓަމްސް އޮފިސަރުންނަށް ޝައްކުކުރެވިގެން ކަމަށާއި، ބަލައި ފާސްކުރުމުގެ ތެރޭގައި އަތުލައިގަތް މަސްތުވާތަކެތީގެ ތަފްސީލަށް ބަލާއިރު، ދެ ބާވަތެއްގެ ކެނަބިސް ފެނިފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

ސ.ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން، ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅ TechWaves Box ުނު 5.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި. މިތަކެތި އަތުލައިގަނެފައިވަނީ، 18 ޖުލައި 2026 ވަނަ ދުވަހު އިންޑިއާ އިން ރާއްޖެ އައި އިންޑިއާ 2 ފަސިންޖަރެއްގެ ލަގެޖްގައި pic.twitter.com/KfXnahN66d

— Maldives Customs Service (@CustomsMv) July 21, 2026

އޭގެ ތެރޭގައި 1،975 ގްރާމުގެ ކެނަބިސް އާއި، 3،565 ގްރާމުގެ ކެނަބިސް ހިމެނޭ ކަމަށާއި، މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 5.5 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 4.4 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށްވެސް ކަސްޓަމްސްއިން ލަފާކުރެއެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙