މުޙައްމަދު ވިޝާންޔޫރަޕިއަން ޔޫނިއަން އާއި ބެލްޖިއަމް ރާއްޖޭގެ ފަރާތުން އައްޔަނުކުރާ ސަފީރުގެ މަގާމަށް އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިޔާނާ އެމަޤ
ާމަށް އައްޔަނުކުރުމަށް ރުހުންދޭން ފެނޭތީ ބެލުމަށް ނެގި ވޯޓުގައި އެކަމަނާ އެ މަޤާމަށް އައްޔަނުކުރަންފެންނަކަމަށް ފާސްވީ އެ ވޯޓުގައި ބައިވެރިވި 52 މެންބަރުންގެ އިއްތިުފާގުންނެވެ.
ފާތިމަތު ދިޔާނާ ސައީދު އަކީ ޔޫރަޕިއަން ޔޫނިއަން އަށާއި ބެލްޖިއަމް އަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވާފައިވާއިރު އެކަމަނާއަކީ ފޮރިންގ މިނިސްޓްރީގެ އެމްބަސެޑަރ އެޓް ލާޖުގެ މަޤާމުވެސް އަދާކުރައްވަމުންގެންދަވާ ބޭފުޅެކެވެ.
އެކަމަނާ އެމްބެސަޑަރ އ
ެޓް ލާޖުގެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުއެވެ.