މުޙައްމަދު ވިޝާންލ ގަމުން 20 އަހަރުގެ ފިރިހެނެއް ގެއްލިގެން އެރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.
ގަމު ކައުންސިލުގެ ފޭސްބުކު އެކައުންޓުން ކޮށްފައިވާ ޕޯސ
ްޓުގައި ބުނެފައިވަނީ އެރަށު ކުރިބޯށި އުމުރުން 20 އަހަރުގެ އަމްޖާޒު ޢަލީ ރޭ ދަންވަރު 12 އިން ފެށިގެން ހަބަރެއްނުވާތީ ގެއްލިގެން އެ ކައުންސިލަށް ރިޕޯޓުކޮފައިވާ ކަމަށެވެ.
އަދި އާއިލާއާއި ހަވާލާދީ ބުނެފައިވަނީ ރޭ ދަންވަރު
2:00 ގެ ފަހުން އޭނާގެ ފޯނަށްވެސް ނުގުޅޭ ކަމަށާއި، އަމްޖާޒް އެންމެ ފަހުން ލައިގެން ހުރީ މަޑު ފެހި ކުލައެއްގެ ޓީޝާޓަކާއި ކަޅު ކުލައިގެ ޖިންސެއް ކަމަށެވެ.
އަދި އަމްޖާޒުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ހުރިނަމަ 9502503 އަށް ގުޅައި އެމައުލޫމާތު ދެއްވުމަކީ އަމްޖާޒުގެ އާއިލާގެ ވަރަށްބޮޑު އެދުމެއްކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.